English Edition
Dhivehi Edition

ގދ. ތިނަދޫގައި ހަދާ އިންޑަސްޓްރިއަލް ޒޯނުގެ ބިން ހިއްކަން 125 މިލިއަން ރުފިޔާއަށް އެމްޓީސީސީ އަށް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން 219،595 އަކަމީޓަރުގެ ބިން ހިއްކާ، 1،336 މީޓަރުގެ ރިވެޓްމަންޓް ޖަހައި، ތިނަދޫ ހުޅަނގު ދެކުނު ފަރާތުގައި 468 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށް ވަނީ ނިންމާފައެވެ. އަދި 284 މީޓަރުގެ އެއްގަމު ތޮށި ހެދުން ވެސް ހިމެނެއެވެ.

އެމްޓީސީސީން ބުނީ މަސައްކަތް ނިމޭއިރު ކޮންކްރީޓް ބްރިޖެއް ވެސް އަޅާނެ ކަމަށެވެ. މި މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 660 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް އަހްމަދު ތޮލްހަތު އެވެ.