English Edition
Dhivehi Edition
ފޮޓޯ: އެމްއެންޑީއެފް

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން އޮޕަރޭޓް ކުރާ ތެޔޮ ބާޖެއް ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ އެފްއެސްއެމް އިން އޮޕަރޭޓް ކުރަމުންދާ 24 މީޓަރު ދިގުމިނުގެ “މެކުނު” ބާޖް ރޭ ފަރަކަށް އަރާފައިވާ ކަމަށެވެ. ބާޖު ފަރަށް އަރާފައި ވަނީ ކ. ރަންނާޅި ރިސޯޓު ކައިރީގައި އޮތް ފަރަކަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.

ފަރަށް އެރި ތެޔޮ ބާޖު، ފުން ކުރުމުގެ މަސައްކަތް ކޯސްޓް ގާޑުން މިހާރު ކުރަމުން އަންނައިރު އެ ހާދިސާގައި ތެޔޮ ލީކުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.