English Edition
Dhivehi Edition

ފ. ފީއަލިން ފުރައިގެން މާލެއަށް ދަތުރު ކުރަމުން ދަނިކޮށް،ޖެނުއަރީ 3 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ގެއްލުނު އަލަމާ-5 ދޯނީގެ ތިން ފަޅުވެރިންގެ ތެރެއިން ދެ ފަޅުވެރިޔަކު ފެނިއްޖެއެވެ.

ހަންބުރިތަކެއްގައި އެލިގެން ތިއްބާ ފެނިފައި ވަނީ، ގެއްލުނު މީހުންގެ ތެރެއިން ބަނގްލަދޭޝަށް ނިސްބަތްވާ ދެ މީހެކެވެ. މި ދޯނިން ދަތުރުކުރި، ދޯނީގެ ކެޕްޓަން ކ. ގުރައިދޫ / ނަލަވާ، އާދަމް ޝަފީޤް (32އ) އަދިވެސް ނުފެނެއެވެ.

“އަލަމާ 5” ދޯނި އަޑިއަށް ގޮސްފައި ވަނީ، ވ. އަތޮޅު ފުއްސަރު ފަޅާ ދިމާލު ހަތަރު ނޯޓިކަލް މޭލު ބޭރުން ދަތުރު ކުރަމުން ދަނިކޮށް، މޫސުން ގޯސްވެ ކަނޑު ގަދަވުމާ ގުޅިގެންނެވެ.

މި ދޯނި ދިޔަވާ ކަމުގެ ޚަބަރު އެމްއެންޑީއެފަށް ލިބިފައި ވަނީ އެރޭ 23:22 ގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އެ ވަގުތުން ފެށިގެން އެމްއެންޑީއެފްއިން ގެންދަވަނީ މީހުން ހޯދުމުގެ މަސައްކަތް ކުރައްވަމުންނެވެ.