English Edition
Dhivehi Edition
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި އޮޕަރޭޝަނެއް ކުރަނީ: ފޮޓޯ އޭއީއެޗް.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދުމަށް އިއުލާންކޮށްފިއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ކުރި އިއުލާނުގައި ވަނީ އެސޯސިއޭޓް / ކޮންސަލްޓަންޓް / ކޮންސަލްޓަންޓް ސަބް- ސްޕެޝަލިސްޓް އިން ނެފްރޮލޮޖީ، އިންޓާނަލް މެޑިސިން، އެނެސްތީސިއޮލޮޖީ، ސަރޖަރީ، ޕީޑިއެޓްރިކްސް، އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލިޖީ، ސައިކޭޓްރީ، އޯތޯޕީޑިކްސް، ރޭޑިއޮލޮޖީ، އޮފްތަލްމޮލޮޖީ، ޑަރމަޓޮލޮޖީ، ޕެތޮލޮޖީ ގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ.
  • ނެފްރޮލޮޖިސްޓް – 01
  • އިންޓާރނަލް މެޑިސިން – 03
  • އެނެސްތީސިއޮލޮޖިސްޓް – 01
  • ސަރޖަން – 02
  • އޯތޯޕީޑިކްސް – 01
  • ޕީޑިއެޓްރިޝަން – 02
  • އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލިޖިސްޓް – 03
  • ސައިކޭޓްރިސްޓް – 02
  • ރޭޑިއޮލޮޖިސްޓް – 03
  • އޮފްތަލްމޮލޮޖިސްޓް- 01
  • ޑަރމަޓޮލޮޖިސްޓް – 01
  • ޕެތޮލޮޖިސްޓް – 01

މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާނީ 10 ޖަނަވަރީ 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ބަލައިގަނެވޭނެކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ، މީގެ އިތުރުން އެ އިއުލާނުގައި ވަނީ، މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އާއި އިމްތިހާނު އޮންނާނީ، 12 ޖަނަވަރީ 2022 އިން 26 ޖަނަވަރީ 2022 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައިކަމަށެވެ.