English Edition
Dhivehi Edition
މ. ދިއްގަރުގައި ހޯމް ސްޓޭ ފެށުމުގެ ތެރެއިން

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހޯމް ސްޓޭ ޓޫރިޒަމް މ. ދިއްގަރުގައި ތަޢާރަފްކޮށްފިއެވެ.

ހޯމް ސްޓޭ ރާއްޖޭގައި ރަސްމީކޮށް ތަޢާރަފް ކުރުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ވަނީ ޚާއްސަ ހަރަކާތެއް ބާއްވާފައެވެ. އެގޮތުން ފަތުރުވެރިންނާއެކު ދިއްގަރަށް ލޯންޗު ވަނުމުގެ ކުރިން ދޯނިތަކުގައި ސަގާފީ ހަރަކާތްތަކެއް ބޭއްވިއެވެ. އަދި ފަތުރުވެރިންނަށް ވޯޓަރ ސެލިއުޓެއް ވަނީ ދީފައެވެ.

ދިއްގަރުގެ “މޫރިތި” ގޭގައި ރާއްޖޭގެ ފުރަތަމަ ހޯމް ސްޓޭ ތަޢާރަފްކުރި އިރު، އެ ގޭގައި ފަތުރުވެރިން ބޭތިއްބުމުގެ ލައިސެންސް، އެގޭގެ ވެރިފަރާތާ ޓޫރިޒަމް މިނިސްޓްރީން ވަނީ ހަވާލުކޮށްފައެވެ.

އެރަށު މޫރިތިގޭގައި ފަތުރުވެރިންގެ ގޮތުގައި މިހާރުތިބީ ސޫދާނުގެ ދެމަފިރިއަކާއި އެމެރިކާގެ ދެމަފިރިންނާއި އދ. އިން ރާއްޖެ ކަނޑައަޅާފައިވާ މަންދޫބު ކެތުރިން ހެސްވެލް އެވެ.