English Edition
Dhivehi Edition
މޯ‎ލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސޭފްޓީ ވީކުގެ އެންމެފަހު ހަރަކާތް “ޕޯޓް ސޭފްޓީ ރަން” ބާއްވައިފިއެވެ.
ހުޅުމާލޭ ގައި އިއްޔެ ހެނދުނު ބޭއްވި މި ދުވުމުގައި ސަތޭކައަށް ވުރެ ގިނަ ދުވުންތެރިން ޢަމަލީގޮތުން ބައިވެރިވެފައިވެއެވެ.
ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލް އިން ފެށި ދުވުމުގައި އަންހެން ކެޓެގަރީ އާއި ފިރިހެން ކެޓަގެރީން އެއްވަނަ ދެވަނަ އަދި ތިންވަނަޔަށް ހޮވުނު ފަރާތްތަކަށް ވަނީ ފައިސާގެ އިނާމު ދީފައެވެ.
އެގޮތުން އެއްވަނަޔަށް 2500 ރުފިޔާ، ދެވަނަޔަށް 1500 ރުފިޔާ އަދި ތިން ވަނަޔަށް 500 ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ.
ފިރިހެން ކެޓަގެރީން އެއްވަނައަށް ދިޔައީ، ހުސައިން ރިޒާއެވެ. ދެވަނަޔަށް އާބިދް ދިޔައިރު، ތިންވަނަޔަށް ދިޔައީ ފަރްހާދުއެވެ. އަދި މި ބައިވެރިންނަށް އިނާމު ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީއެވެ.
އަންހެން ކެޓެގެރީން އަންހެން ކެޓަގަރީން އެއްވަނަ ޝަމްހާ ހޯދިއިރު ދެވަނައަށް ދިޔައީ ހުސްނާ މުހައްމަދެވެ. އަދި ތިން ވަނަޔަށް ދިޔައީ ނަޝީދާ އަލީއެވެ. މި ކެޓަގަރީއަށް އިނާމު ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ޗެއަރމަން ކެޕްޓަން މުހައްމަދު ޝަރީފުއެވެ.
މީގެއިތުރުން ދުވުމުގައި ޖާރޒީ ވިއްކައިގެން ލިބުނު ފައިސާ ވަނީ ‎ކުޑަކުދިންގެ ހައްގުތަށް ހިމާޔަތްކުރަން މަސައްކަތް ކުރާ ޖަމިއްޔާ (އާކް) އަށް ހަދިޔާކޮށްފައެވެ. ޖާރޒީ ވިއްކައިގެން ވަނީ 23،700 ރުފިޔާއެވެ.
‎މިއީ އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީއަށް އާންމުން ހޭލުންތެރިކުރުމަށް ހަފްތާއެއް ޚާއްސަކުރުމުގެ ބޭނުމަކީ، ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭ ސަގާފަތެއް ބޭނުންކުރުމެވެ. އަދި، ކުރިޔަށް އޮތް ތަނުގައި މިޔަށް ވުރެން ފުޅާ ކޮށް މިކަންތައް ކުރިޔަށް ގެންދިއުމަށް ރާވާފައިވާކަމަށް އެމްޕީއެލްއިން ބުނެއެވެ.
އެމްޕީއެލް ސޭފްޓީ ވީކު ކުރިއަށް ގެންދިޔައީ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށެވެ.