ދިމާވާ ކުޑަކުޑަކަމެއްގެ ސަބަބުން، ޕްރޮޖެކްޓެއް އިއުލާން ނުކުރެވިގެން ނުވަތަ ބިމެއް ހަވާލުނުވެގެން ސިޓީ އިން ވަކިވާ ވާހަކަދެއްކުމަކީ. ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކައެއްގެ ގޮތުގައި މީދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސޯލިހާ ސިފަކުރައްވައިފިއެވެ.
އިއްޔެ އައްޑޫ ސިޓީ ހުޅުދޫ އަވަށު އޮފީހުގައި ބޭއްވި އައްޑޫ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 31 ވަނަ ޖަލްސާގައި، ސިޓީއިން ވަކިވުމަށް ހުޅުދޫ މީދޫ ރައްޔިތުން ފާޅުކުރަމުން ދާ ހިޔާލުތަކާއި ގުޅިގެން ސޯލިހާ ވިދާޅުވީ އަދި އެ ފަދަ ނިންމުމެއް ނިންމަން މާ އަވަސް ކަމަށެވެ، “މިހާރު ވަރަށް ބޮޑަށް ދެކެވެމުންދާ ވާހަކައެއް، ސިޓީ އިން ހުޅުދޫ މީދޫ ވަކިވާ ވާހަކަ. އަޅުގަނޑުމެން މި ދައްކަނީ ސިޓީއެއްގައި އޮވެ، ސިޓީއެއްގެ ދަރަޖައިން ވަކިވާ ވާހަކަ. މިއީ ކުޑަ ވާހަކައެއް ނޫން ބޮޑު ވާހަކައެއް. މިއީ އާދައިގެ ކުޑަ ވާހަކައެއް ނޫން” ސޯލިހާ ވިދާޅުވިއެވެ، ދިމާވާ ކުޑަކުޑަކަމެއްގެ ސަބަބުން، ޕްރޮޖެކްޓެއް އިއުލާން ނުކުރެވިގެން ނުވަތަ ބިމެއް ހަވާލުނުވެގެން ސިޓީ އިން ވަކިވާ ވާހަކަދެއްކުމަކީ. ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކައެއް ކަމަށެވެ،
މި ޖަލްސާގައި ސޯލިހާ ވިދާޅުވީ ސަރުކާރުން އައްޑޫ ސިޓީ އަށް ކަޑައެޅިފައިވާ ޕްރިޖެކްޓްތަކުގެ ތެރެއިން މީދޫގެ ޕްރިޖެކްޓްތަކުގެ ތެރެއިން ބައެއް ޕްރޮޖެކްޓްތައް އެޕްރޫވް ވުމުގައި ލަސްތަކެއް އެބަހުރިކަަމަށެވެ. އަދި އިދާރީ ސަބަބުތަކާއި ހެދި ލަސްތަކެއް ހުރުމުގެ ސަބަބުން ރައްޔިތުން ގަބޫލުކުރަނީ އައްޑޫ ސިޓީ އިން ވަކިވާންވީމުގައި ސޯލިހާ ވިދާޅުވިއެވެ، އެހެންނަމަވެސް އައްޑޫ ސިޓީއިން ވަކިވުމަކީ ގަބޫލުކުރައްވާ ގޮތެއް ނޫންކަމަށް ސޯލިހާ ވިދާޅުވިއެވެ.މީގެ އިތުރުން ސޯލިހާ ވަނީ މީދޫ ދާއިރާގެ ރައްޔިތުންގެ ކިބައިން އެ ގޮތަށް ނުވިސްނުމަށް އެދިވަޑައިގެންފައެވެ، އަދި އެހާ ހިސާބަށް ނުވިސްނާ މިކަންކަން ވާހަކަދައްކައިގެން ހައްލު ކުރަން ފެންނަކަމަށާއި ހައްލުކުރެވޭނެކަމަށް ސޯލިހާ ވިދާޅުވިއެވެ،
މީގެ އިތުރުން ސޯލިހާ ވިދާޅުވީ މިހާރުގެ ކައުންސިލުން ހަވާލުވިއިރު ބަޖެޓެއް ނެތްކަމަށާއި ޓްރަސްޓް ފަންޑުގައިވެސް އެއްވެސް އެއްޗެއް ނެތްކަމަށެވެ. ބަޖެޓުން ކުރަންވީ އިދާރީ ކަންކަމުގައި މައްސަލަތައް ހުރިކަން ފާހަގަކުރައްވާ ސޯލިހާ ވިދާޅުވީ އެކަން ހައްލުކުރަން އުދަގޫތަކެއް ދިމާވިކަމަށެވެ. އަދި މި ސަރުކާރުން އެޕްރޫވްކުރަން ޖެހޭ ޕްރޮޖެކްޓްތައް އެޕްރޫވްނުވުމާއި ކޮވިޑް ޕެންޑަމިކްގެ ދަތިކަމާއި އެކު މިހުރިހާ ދަތިތަކެއް ހުރިކަމަށެވެ. “.މި ސަބަބުތަކާ ހެދި ވަކިވާންވީކަމަށް އަޅުގަނޑު އެ ވާހަކަދައްކަން އަދި ތާހިރެއް ނޫން. ހަގީގަތުގައި މި ހަމަސް ދުވަސް ތެރޭ އެހާ ވަރުކަމެއްގެ ސަބަބުން އަޅުގަނޑުވެސް ވީ ވަކިވެގަންނާށޭ ބުނަމަކީ ފަސޭހަކަމެއް ނޫން. ބައެއް ފަހަރު އަޅުގަނޑުވެސް ހިތްހަމަނުޖެހުނީމަ ބުނެލަން. އާނ ދެން އެންމެ ރަނގަޅި ވަކިވެގަތުމޭ. އެކަމަކު އެއީ އަދި އަޅުގަނޑު ވަކިވެގަންނަން ބުނާއެއްޗެއް ނޫން. އެއީ އަގަ މަޖަލަކަށް އެހެން މީހުންވެސް ކިޔާ މިސާލުން ބުނެފައި ހުރި އެއްޗެއް.މި ވާހަކަވެސް އަޅުގަނޑު ބުނިކަމަށް ދެކެވޭތީ މި ބުނެލީ” ސޯލިހާ ވިދާޅުވިއެވެ.
އިތުރަށް ސޯލިހާ ވަނީ މީދޫ ދާއިރާއަށް އައްޑޫ ސިޓީ ކައުންސިލުން އެއްބާރުލުން ދޭކަން ފާހަގަކުރައްވާފައެވެ. އަދި އައްޑޫ މޭޔަރު އެއްވެސް ކުލައަކަށް ފިކުރަކަށް ނުބައްލަވާ ކަމަށާއި ތަރައްގީއަށް އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށް ސޯލިހާ ވިދާޅުވިއެވެ. އަދި އެއްވެސް ކައުންސިލް މެމްބަރަކުވެސް އެހެން މެމްބަރަކު ހުށަހަޅާ އެއްޗެއް ފެއިލްކުރަން ނުޅޭކަމަށް ސޯލިހާ ވިދާޅުވިއެވެ. އިތުރަށް ސޯލިހާ ވަނީ އެ އެއްބާރުލުން ސަރުކާރަަށް، ކައުންސިލަރަށް އަދި މޭޔަރަށްވެސް ދެއްވާކަން ފާހަގަކުރައްވާފައެވެ، އަދ މި ހުރިހާ ކަމެއް ގުޅިގެން ބޮޑު މަގްސަދެއް ހާސިލް ކުރުން މަސައްކަތް ކުރަމުން އަންނަކަމަށް ސޯލިހާ ވަނީ ވިދާޅުވެފައެވެ.: މަގާމާ ހަވާލުވީ ހެޔޮނިޔަތާއެކު ދާއިރާ ތަރައްގީކޮށް މަންފާއަށް އެކަމުގެ ތެރެއަށް އެހެން ކަމެއް ވައްދައިގެން އެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަންތައް ވައްދައިގެން ބޮޑު ހައިޖާނެއް ބޭނުމެއް ނޫން. އެ ފުރުސަތެއް ނުދޭނަން.” ސޯލިހާ ވިދާލުވިއެވެ.
.މީގެ އިތުރުން ސޯލިހާ ވިދާޅުވީ ކުރިއަށް އޮތް އަހަރު އާ އެސްޖީ އަކާއި އަދި އާ ބަޖެޓަކާއި އެކު އައްޑޫ ސިޓީ ކައުންސިލުން ގިނަ ކަންތައްތަކެއްކުރަމުންދާނެކަމަށެވެ. އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން ބޭރުގައި ބޭއްވޭ ފުރަތަމަ ޖަލްސާ ހުޅުދޫ އަވަށު އޮފީހުގައި ބާއްވާފައިވާއިރު ސޯލިހާ ވަނީ މިކަން ފާހަގަކުރައްވާ މިއީ ލިބުނު ހިތްވަރެއް އަދި ކުރިއެރުމެއް ކަމުގައި ވިދާޅުވެފައެވެ. އަދި މިފަދަ ޖަލްސާއެއް މީދޫ އަވަށުގައި ބޭއްވިގެން ދިއުމަކީ ވަރަށް ބޮޑު އުއްމީދެއްކަމުގައި ސޯލިހާ ވަނީީ ވިދާޅުވެފައެވެ. މީގެ އިތުރުން ސޯލިހް ވިދާޅުވީ މި ފެށޭ އަހަރުގެ ބަޖެޓާއެކު މީޓިން ރޫމެއް ހެދި މި މަންޒަރު ފެނިގެންދާނެކަން ފާހަގަކުރައްވާފައެވެ.