ޤުރުއާން މުބާރާތެއް ބޭއްވުމަކީ ވަރަށް ކުރިއްސުރެ ވެސް ދެކެމުން އައި ހުވަފެނެއްކަމަށް މީދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސާލިހާ ވިދާޅުވެއްޖެއެވެ،
“ޔޫސުފް ނާއިބު ޤުރުއާން” މުބާރާތުގެ ނަމުގައި ބޭއްވި މުބާރާތް ކުރިޔަށް ގޮސްފާއިވަނީ މި މަހުގެ 10-13 އަށެވެ. މި މުބާރާތުގައި ޖުމްލަ 159 މީހަކު ވާދަކުރިއެވެ. އޭގެ ތެރޭގައި އާންމުންގެ 17 މީހަކު ވެސް ހިމެނެއެވެ. މުބާރާތުގެ ނިންމުގެ ރަސްމިޔާތުގައި ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބުރާސްފަތި ދުވަހުގެ ރޭ ބައިވެރިވެވަޑައިގެންވީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
މި މުބާރާތައި ބޭހޭ ގޮތުން އޯއޯ ނިއުސް އާއި ވަހަކަދަށްކަމުން ކައުންސިލަރ ސާލިހާ ވިދާޅުވީ މުބާރާތުގެ މައިގަނޑު މަގުސަދަކަށްވީ މީދޫ އާއި ހުޅުދޫގެ ސްކޫލް ދަރިވަރުންނާއި އާންމުންގެ ހިތްތަކުގައި ކީރިތި ގުރުއާނަށް ލޯބި ޖައްސައި ގުރުއާން ކިޔެވުމަށް ބާރުއެޅުމާއި އެ ފަންނު އާލާކޮށް، ދިރުވައި ކުރިއެރުވުމަށް މަސައްކަތްކުރުން ކަމަށެވެ. އަދި ކައުންސިލާރ ސާލިހާ ވިދާޅުވީ ޤުރުއާން މުބާރާތެއް ބޭއްވުމަކީ ވަރަށް ކުރިއްސުރެ ވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އަދި އެކަން ހަގީގަތަކަށްވުމަކީ މި މަސައްކަތް އިތުރަށް ކުރިއަށް ގެންދަން ލިބިވަޑައިގަތް ވަރަށް ބޮޑު ހިތްވަރެއް ކަމަށް ކައުންސިލާރ ސަލިހާ ވިދާޅުވިއެވެ.
“ކީރިތި ޤުރުއާން ހިތުދަސްކުރުމާއި، ތަޖުވީދުމަގަށް ގުރްއާން ކިޔެވުމަށް ހިތްވަރު ދިނުމާއި އަދި ހަމަ ޤާރީންނާއި ޙާފިޡުން އުފެއްދުމަށް ބާރު އެޅުމާއި ހިތްވަރު ދިނުން ފަދަ ދީނީ ކަންތައްތައް އިތުރު ކުރުމަކީ ވެސް މުބާރާތް ބޭއްވުމުގެ ސަބަބެއް.” ސާލިހާ ވިދާޅުވިއެވެ.
ސާލިހާ ވިދާޅުވީ މި މުބާރާތުގެ އެންމެހާ ކަންކަން އިންތިޒާމުކޮށް ބަލެހެއްޓީ އެކުލަވާލި ކޮމިޓީއަކުން ކަމަށެވެ.