English Edition
Dhivehi Edition

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރިއަށް ގެންދާ ސޭފްޓީ ވީކުގެ ހަރަކާތްތަކުގައި ހިމެނޭ “ޕޯޓް ސޭފްޓީ ރަން” މާދަމާ ހެނދުނު ބާއްވަން ނިންމައިފިއެވެ.

އެ ކުންފުނިން ބުނީ މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ސޭފްޓީވީކްގެ އެންމެ ފަހު ހަރަކާތް “ޕޯޓް ސޭފްޓީވީކް ރަން” އޮންނާނީ ހުޅުމާލޭ އިންޓަނޭރޝަނަލް ޓަރމިނަލް ސަރަހައްދުގައެވެ. ގާތްގަޑަކަށް ތިން ސަތޭކައެއްހައި ދުވުންތެރިންނާ އެކު މި ދުވުން ފަށާނީ މާދަމާ ހެނދުނު 6:30 ގައެވެ.

މި ދުވުުމުގައި ވަޒީރުންނާއި މުއައްސަސާތަކުގެ ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ބައިވެރިވާނޭ ކަމަށް އެމްޕީއެލް އިން ބުނެއެވެ.

ފަސް ކިލޯމީޓަރުގެ ރާސްތާއަކަށް ދުވާ މި ދުވުމުގައި ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ އިރު، އެއްވަނައަށް ހޮވޭ ފަރާތަކަށް 2500 ރުފިޔާ، ދެވަނައަށް 1500 ރުފިޔާ އަދި ތިން ވަނައަށް ހޮވޭ ފަރާތަކަށް 500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ދުވުމަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ ޖާރޒީ ވިއްކައިގެން ލިބޭ ހުރިހައި ފައިސާ، ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރަން މަސައްކަތް ކުރާ ޖަމިއްޔާ އެޑްވަކޭޑިންގ ރައިޓްސް އޮފް ޗިލްޑްރަންސް (އާކް) އަށް ހަދިޔާކުރުމަށް ވަނީ ނިމްމާފައެވެ.

އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީއަށް އާންމުން ހޭލުންތެރިކުރުމަށް ހަފްތާއެއް ޚާއްސަކުރުމުގެ ބޭނުމަކީ، ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭ ސަގާފަތެއް ބޭނުންކުރުން ކަމަށް އެމްޕީއެލް އިން ބުނެއެވެ.

މި ދުވުން ޕްރޮމޯޓްކުރުމުގެ ގޮތުން، ނައިބު ރައީސް ފައިސަލް ނަސީމްއާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަންއާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން އަމްރު މުހައްމަދު ރަޝާދަށް ވަނީ ޖާރޒީ ހަވާލުކޮށްފައެވެ.