English Edition
Dhivehi Edition

އިންޑިޔާއާއެކު ހަދާފައިވާ ސިއްރު އެއްބަސްވުންތައް ދިވެހި ރައްޔިތުންނާއި، ފުލުހުން އަދި ސިފައިންނަށް ފެންނަ ދުވަހަކީ ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާދޭ ދުވަހަށް ވުމަކީ ގާތްކަމެއްކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިޤް (ޓޮމް) ވިދާޅުވެއްޖެއެވެ.

ތާރިގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ވެރިކަމާއިއެކު މިހާރު ތަކުރާރުނުވެ އޮތް ހަމައެކަނި ކަމަކީ ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވުންކަމަށެވެ. އެމްޑީޕީއާއި ވެރިކަން ހަވާލުވުމާއެކު ޔަޤީންކަމާއެކު ތަކުރާރުވާ ކަންކަން ހިއްސާކުރައްވަމުން ތާރިޤް ވިދާޅުވީ ރާއްޖޭގެ ދީނީ ސިޔާސަތު މުޑިއަރުވާލުމާއި، ރާއްޖޭގެ ސިޔާދަތީ ބާރަށް އަސަރު ކުރާނެ އެއްބަސްވުންތައް ހެދުމާއި މުވައްސަސާ ހިންގުމަށް ހަވާލުވެފައިވާ ވެރިން އެއް ފަހަރާ އިސްތިއުފާ ދެއްވުންކަމަށެވެ.

މި ވާހަކަތަކުގެ އިތުރު ތަފްސީލްގައި ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި ކެބިނެޓްގެ ހުރިހާ ވަޒީރުން އެއްފަހަރާ އިސްތިއުފާ ދެއްވާ ގައުމު ހުއްޓުވާލި ކަމަށާއި ފަހަރު އޭސީސީގެ ހުރިހާ މެންބަރުން އިސްތިއުފާ ދެއްވައިގެން އެކަން ތަކުރާރުކޮށްފިކަމަށެވެ.

މިހާރު ނުވެ އޮތް ކަމަކީ ރައީސް އިސްތިއުފާދެއްވުންކަން ފާހަގަކުރައްވަމުން ތާރިޤް ވިދާޅުވީ އިންޑިޔާއާއެކު ހަދާފައިވާ ސިއްރު އެއްބަސްވުންތައް ދިވެހި ރައްޔިތުންނާއި، ފުލުހުން އަދި ސިފައިންނަށް ފެންނަ ދުވަހަކީ ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވާ ދުވަހަށް ވުމަކީ ގާތްކަމެއް ކަމަށެވެ.