English Edition
Dhivehi Edition

ސޭފްޓީ ކަލްޗަރ އަވެއަރނެސް ވޯރކްޝޮޕް ފުރިހަމަކުރި 36 ބައިވެރިޔަކަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕަކީ ޕޯޓު ސޭފްޓީވީކްގެ ތެރެއިން ފުރަތަމަ ކުރިޔަށް ގެންދިޔަ ވޯރކްޝޮޕެވެ.

މި ވޯރކްޝޮޕް ފުރިހަމަ ކުރި 36 ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެމްޕީއެލްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ މުހައްމަދު މަހުޖޫބުއެވެ.

ހަފްތާއެއްގެ މުއްދަތަށް ކުރިޔަށް ގެންދާ ސޭފްޓީވީކްގެ ފުރަތަމަ ވޯރކްޝޮޕް ނިމިފައިވާއިރު، ހުރިހާ ބައިވެރިންނަށް ވެސް ވަނީ ސޭފްޓީ ކަލްޗަރ އާއި ބެހޭގޮތުންނާއި ކްރައިމް ޕްރެވެންޝަން މައުޟޫއަށް މައުލޫމާތު ދީފައެވެ. ކެމިކަލް އަދި އައި.އެމް.ޑީ.ޖީ އާއި ބެހޭ ގޮތުންނާއި މޫސުމާ ގުޅިގެން ދިމާވާ ކާރިސާތަކާއި ބެހޭ މައުލޫމާތު ވެސް ވަނީ ދީފައެވެ.

ވޯރކްޝޮޕްގެ ބައިވެރިންނަށް މައުލޫމާތު ދީ އަހުލުވެރިކުރުމަށް ސެޝަންތައް ހިންގުމަށްޓަކައި، ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވިސް ނޭޝަނަލް ޑިފެންސް ފޯސް އާއި މޫސުމާއި ބެހޭ ގައުމީ އިދާރާގެ ބޭފުޅުން ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ. އަދި ކުންފުނިތަކުގައި ސަލާމަތާއި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތައް ބަލާލުމަށްޓަކައި އެންސިސް ފިޝަރީޒް އަށް ވޯރކްޝޮޕްގެ ބައިވެރިން ވަނީ ގޮސްފައެވެ.

މީގެއިތުރުން، ސައިބަރ ސެކިއުރިޓީ އާއި ގުޅިގެން މައުލޫމާތާއި، ޓީމް ބިލްޑިންގ އެކްޓިވިޓީސްތަކެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

ސޭފްޓީވީކްގެ އިތުރު، ވޯރކްޝޮޕްތަކެއް މި ހަފްތާ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ފަސްޓް އެއިޑް ޓްރެއިނިންގ ކުންފުނީގެ އެކި މުވައްޒަފުންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓްގެ ފަރާތުން ބާއްވާ އެވައަރނެސް ސެޝަނަކާއި، އެކްސިޑެންޓް އެންޑް އިންސިޑެންޓް އެވަރނެސް ސެޝަނަކާއި ސްޓްރެސް މެނޭޖްމަންޓް ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

2019 ވަނަ އަހަރުން ފެށިގެން އެމްޕީއެލްއިން ސޭފްޓީ ވީކް ފާހަގަކުރުމުގެ ބޭނުމަކީ މަސައްކަތުގެ މާހައުލުގައި އުޅޭ އިރު ސަލާމަތާއި ރައްކާތެރިކަމަށް ހުރިހާ އެންމެވެސް ހޭލުންތެރިކޮށް އިސްކަންދޭ ސަގާފަތެއް އާލާކުރުމުވެ.