English Edition
Dhivehi Edition

ދިވެހި ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދެމުންގެންދާ އެންމެ ބޮޑު އަމިއްލަ އެއްކޮލެޖް ކަމަށްވާ އެވިޑްކޮލެޖުން އެ ކޮލެޖުގެ ދަސްވެނިވުން ބާއްވައިފިއެވެ.

އެވިޑް ކޮލެޖުން ބުނީ މިއަހަރު މި ބޭއްވީ 2020 އަދި 2021 ވަނައަހަރުގައި އެކޮލެޖުން މަތީ ތަޢުލީމު ޙާޞިލްކޮށް ތަފާތު ކޯސްތަކުން ސެޓްފިކެޓް ހާޞިލްކުރި ދަރިވަރުންގެ ގްރެޖުއޭޝަން ރަސްމިއްޔާތުކަމަށެވެ. ދެ ދަންފަޅިއަކަށް ބަހާލައިގެން ހެދުނާއި ރޭގަނޑު ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތު ބޭއްވީ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލްގެ ހޯލްގައެވެ.

ރަސްމިއްޔާތުގެ ފުރަތަމަ ދަންފަޅި ޝަރަފްވެރިކޮށް ދެއްވާފައި ވަނީ ޑރ. ރަޝީދާ މުޙައްމަދު ދީދީއެވެ. އަދި ދެވަނަ ދަންފަޅި ޝަރަފްވެރި ކޮށްދެއްވީ އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު އެވެ.

ރަސްމިއްޔާތުގައި ދަރިވަރުންނަށް ސެޓްފިކެޓްތައް ހަވާލުކުރުމުގެ އިތުރުން މީގެ އަހަރުތަކެއް ކުރިން އެވިޑް ކޮލެޖްގެ ޗެއާމަން ޢަބުދުﷲ މުޝްތާޤް ރަޝާދު ފެއްޓެވި މި މަސައްކަތާއެކު، ޗެއާމަން މުޝްތާޤްގެ މޭސްތިރިކަމުގެ ދަށުން މިއަދާއި ހަމައަށް އެ ކޮލެޖުންން ހާސިލްކޮށްފައިވާ އެކި ކާމިޔާބީތަކަށް އަލިއަޅުވާލައި ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓް ގެނެސްދީފައި ވެއެވެ.

މި ރަސްމިއްޔާތުގައި އެވިޑްގެ ފެކަލްޓީތަކުން ދަސްވެނިމުނު ދަރިވަރުންނަށް ސަނަދު ހަވާލުކޮށްފައިވާއިރު، ފެކަލްޓީތަކުގެ އެކި ޕްރޮގްރާމްތަކުން އެންމެ ރަނގަޅު ނަތިޖާ ހޯދި ދަރިވަރުންނަށް އެވިޑްކޮލެޖްގެ މަތީ އަރުތަވެރިންގެ އެވޯޑް ވެސް ވަނީ އަރުވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗެއާމަން މުޝްތާޤްވިދާޅުވީ، އެ ކޮލެޖުން މާސްޓާ ޑިގްރީ ހާސިލްކުރި ދަރިވަރުން އެވިޑް ކޮލެޖުން ހިންގާ ތަފާތު ރިސާޗްތަކުގައި ބައިވެރިވުމަކީ އެދިވަޑައިގަންނަވާކަމެއްކަމުގައެވެ. އަދި އެވިޑްގެ ހަރަކާތްތަކުގައި އެކޮލެޖުގެ ދޮރުން ނުކުންނަ ދަރިވަރުންނަށް ބައިވެރިވެވި، ތަޖުރިބާ ހޯދުމުގެ ފުރުޞަޠު ފަހިވެފައިވާކަމަށް ވެސް ޗެއާމަން ވިދާޅުވިއެވެ.

އެވިޑްގެ ތަޢުލީމީ ދަތުރު ސިފަކުރައްވަމުން މުޝްތާޤް ވިދާޅުވީ، އެ ދަތުރު ސިފަކުރައްވަނީ ބޮޑު އާގު ބޯޓެއްގައި، ގަދަ ކަނޑެއްގައި ގިނަ މައްސަލަތަކެއް ހިފައިގެން ކުރި ދަތުރެއްގެ ގޮތުގައިއެވެ. ބައެއް ހަމަލާތަކުން ރެކެންޖެހޭ ހާލަތު މެދުވެރިވި ނަމަވެސް، އެއްވެސް ހުއްޓުމެއްނެތި މިއަދާހަމައަށް މަސައްކަތްކުރެއްވީ އަމާޒަށް ވާސިލްވުމަށް ކަމަށް ޗެއާމަން ވަނީ ފާހަގަ ކުރަށްވާފައެވެ.

އެވިޑް ކޮލެޖްގެ ތަސައްވުރަކީ، އަބަދުވެސް އެ ވިޑްކޮލެޖަކީ ބައިނަލްއަގްވާމީ ގުޅުންތަކާއެކު ދިވެހިރާއްޖޭގައި މަތީ ތައުލީމްދޭ އެންމެ އިސް އެއް މުއައްސަސާއަށް ހެދުމެވެ.