English Edition
Dhivehi Edition

އެސްޓީއޯ އިން ވިއްކާ ޕީޕަލްސް ޗޮއިސްގެ ބުރޭންޑްތައް ރާއްޖޭގެ ރަށްރަށުގައި ވިއްކުމުގެ މަސައްކަތް ކޮށްދޭނެ އޭޖެންޓުން ހޯދަން ފަށައިފި އެވެ.

އެސްޓީއޯ އިން ބުނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން އިން ދިވެހިރާއްޖެއަށް އެތެރެކޮށް ވިއްކާ ބުރޭންޑްތަކުގެ މުދާ ރާއްޖޭގެ ހުރިހާ ރަށެއްގައި ފަސޭހަކަމާއެކު ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދިނުމަށްޓަކައި، އަދި މި ވިޔަފާރީގައި ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް ވިޔަފާރީގެ ފުރުސަތު ފުޅާކޮށްދިނުމުގެ ގޮތުން އޭޖެންޓުންނަށް ވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މިއަދުން ފެށިގެން މި ފުރުސަތު ހުޅުވާލާފައިވާ އިރު، އެސްޓީއޯ ޕީޕަލްސް ޗޮއިސް އޭޖެންޓަކަށް ވާން ބޭނުން ފަރާތްތަކުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އޭޖެންޓަކަށް ވުމަށް އެދޭ ފޯމް ފުރުމަށްފަހު އަންނަ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުގެ މެންދުރު ދޭއް ޖެހުމުގެ ކުރިން [email protected] އަށް އީމެއިލް ކުރަންވާނެއެވެ. ނުވަތަ އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް އަދި އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރު ކައުންޓަރަށް ހަވާލު ކުރެވިދާނެއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް އޭޖެންޓުންނާއި ބެހޭ އިތުރު މައުލޫމާތު ހޯއްދުމަށް ހޮޓްލައިން 1422 ނުވަތަ 7291124 އާއި ގުޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

މި ފުރުސަތު ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލެވިފައިވާއިރު އެސްޓީއޯއިން އަބަދުވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ވަރަށް މުހިންމު އިސްކަމެއް ދެއެވެ.

އެސްޓީއޯއިން ބޭނުންވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ފަސޭހަކަމާއެކީގައި ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުމެވެ. އެގޮތުން އެސްޓީއޯ އެޖެންޓުގެ ގޮތުގައި އައްޔަންކުރެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ނުވަތަ ވިޔަފާރިއެއް ހިންގާ ފަރާތްތަކެވެ.

މީގެއިތުރުން އޮންލައިން ވިޔާފަރި ކުރާ ފަރާތްތަކަށް ވެސް އެޖެންޓަކަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެއެވެ.