English Edition
Dhivehi Edition

އައްޑޫސިޓީ ހިތަދޫގައި މިރޭހިންގި މާރާމާރީގައި ވަޅިން ހަމަލާދީ ޒަޚަމްކޮށްލި ކުއްޖާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) އިން ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފިއެވެ.

އެޗުއާރުއެޗު ހިންގެވުމާ ހަވާލުވެ ހުންނެވި ސީނިއާ ކޮމިޔުނިޓީ ހެލްތު އޮފިސަރު މުހައްމަދު ނަޖީބު ވިދާޅުވީ ސަތާރަ އަހަރުގެ އެކުއްޖާއަށް ފަރުވާދިނުމަށްފަހު ދޫކޮށްލީ އޭނާއަށް ލިބިފައިވާ ޒަޚަމް ސީރިއަސްކަމަށް ޑޮކްޓަރުންގެ ޓެސްޓްތަކުން ނުފެންނާތީ ކަމަށެވެ.

“ބަނޑަށް ލިބިފައިވާ ޒަޚަމް ފަހައި ބޭސް އެޅުމަށްފަހު މިރޭ ބާރައިގެ ފަހުގެ ވަގުތެއްގައިވަނީ ހޮސްޕިޓަލުން ދޫކޮށްފައި. އޭނާގެ އިތުރަށް ދެންގެނައި ކުއްޖާގެ ބޮލަށްވެސް ވަނީ އަނިޔާވެފައި. ދެމީހުންވެސް މިހާރުވަނީ ދޫކޮށްފައި،” ނަޖީބު ވިދާޅުވިއެވެ.

މިރޭ ހިންގި މަރާމާރީގެ މައްސަލަ ތަހުގީގު ކުރަން ފަށައިފައިވާ ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

ޓެގު