English Edition
Dhivehi Edition

ފުވައްމުލައް ސީޓީ ކައުންސިލުން އިސްނަގައިގެން ގައުމީ އެއްބައިވަންތަ ކަމުގެ ދުވަސް، ފާހަގަ ކުރުމުގެ ގޮތުން ފުވައްމުލައް ސިޓީގެ މުއްސަސާތަކުން އަތުގުޅާލުމެއް ބާއްވާ އެދުވަހުގެ ހަނދާންތައް އާކޮށްފިއެވެ.

މިއަދު ހެނދުނު 9:00ގައި ފުވައްމުލައް ސިޓީގެ ރަސްމީ ބޯޅަދަނޑުގައި ބޭއްވި މި ހަރަކާތުގައި ފުވައްމުލައް ސިޓީގެ ގިނަ މުވައްސަސާތަކުން ވަނީ ބައިވެރިވެފައެވެ، މި ހަފްލާގައި ފުވައްމުލައް ސިޓީ ކައުންސިލްގެ ސެކެރެޓަރީ ޖެނެރަލް އަސްލަމް ރަޝީދު ވަނީ ސުނާމީ ކާރިސާގައި ދިވެހިން ދެއްކީ ރީތި ނަމޫނާއެއްކަން ފާހަގަކޮށް މިފަދަ ހާލަތެއް ދިމާވެއްޖެނަމަ އަބަދުވެސް ގުޅުން ބަދެހިކޮށް އެއްބައެއްގެ ގޮތުގްައި ތިބުމަށް ނަސޭހަތްތެރިވެފައެވެ.

މިއަދު ބޭއްވި އަތުގުޅާލުމުގެ ބައިވެރިން ވަނީ ސުނާމީ ކާރިސާގައި މަރުވެ ދިޔަ މީހުންގެ ހަނދާން އާކޮށް އެއް މިނިޓްގެ ސުކޫތެެއް ގެނެސްފައެވެ،

މީގެ 17 އަހަަރުކުރިން ދެކުނު އޭޝީއާގެ ގައުމުތަކަށް ދިމާވި ސުނާމީ ކާރިސާގައި ގިނަ ބައެއްގެ ފުރާނަ ގެއްލި މުދަލަށް ގެއްލުން ވެފައިވާއިރު އެ ކާރިސާގައި ރާއްޖޭގެ ގިނަ ރަށްތަކަށްވެސްވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ، މި ގޮތުން އެ ކާރިސާގައި 5 ރަށެއްގައި މީހުން ދިރިނޫޅެވޭ ވަރަށް ހަލާކުވެފައިވާއިރު، ސުނާމީގެ ކާރިސާގައި ރާއްޖެއިން 82 މީހަކު މަރުވެ، 26 މީހަކު ވަނީ ވީނުވީއެއް ނޭގި ގެއްލިފައެވެ،