English Edition
Dhivehi Edition

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން ފުވައްމުލައް ސިޓީގައި އައިސީޓީ ފެސިލިޓީ ހެދުމަށް ނިންމާ، އެކަމަށް ބޭނުންވާ ކުރެހުމާއި ބިއޯކިއު ތައްޔާރުކުރުމުގެ މަސައްކަތް ރިޔަން ޕްރަވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

ގައުމީ ޔުނިވާސިޓީގެ މައިކެމްޕަސް، މާލޭގައި ބޭއްވި ރަސްމިއްޔާތުގައި އެ ޔުނިވާސިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ ޑެޕިއުޓީ ވައިސް ޗާންސެލާ ހުސެއިން ހަލީމު އެވެ.

ފުވައްމުލައް ސިޓީގެ އުލާ ޕްރީސްކޫލް ހުރި ބިމުގައި އައިސިޓީ ފެސިލިޓީ ގާއިމުކުރުމަށް ނިންމާފައިވާއިރު، މިހާރު އެ ބިން ވަނީ ގައުމީ ޔުނިވާސިޓީ އާއި ހަވާލުކޮށްފައެވެ. 35،000 އަކަފޫޓުގެ އެ ބިން ހަވާލުކުރިއިރު ކަނޑައަޅާފައި ވަނީ 6 މަސް ދުވަހުގެ ތެރޭގައި އައިސީޓީ ފެސިލިޓީ އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށެވެ. އަދި 06 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނުފަށާނަމަ، ސިޓީ ކައުންސިލުން އެކަން ބަލައި،ދިމާވެފައިވާ މައްސަލަތަކާއި ގުޅޭގޮތުން އެމްއެންޔޫއާއިއެކު މަޝްވަރާކޮށް ގޮތަށް ވަނީ ހަމަޖެހިފައެވެ.

ފުވައްމުލައް ސިޓީގައި ގައުމީ ޔުނިވާސިޓީގެ އައިސީޓީ ފެކަލްޓީއެއް ގާއިމުކުރުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެކެވެ.