English Edition
Dhivehi Edition
ހުޅުދޫމީދޫ މެދު ބަނދަރުން އެމްޓީސީސީގެ ފެރީއަށް މީހުން އަރަނީ-ފޮޓޯއާސިމާ ނަޖްމީ

އައްޑޫ ސިޓީގެ ހުޅުދޫމީދޫ، ފޭދޫ އަދި ހިތަދޫ އާއި ދެމެދު ކުރަމުންދާ ދަތުރުތައް ތާވަލާއި އެއްގޮތަށް ކުރިއަށް ދާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ކައުންސިލުން ވަކިގޮތެއް އަންގަވަންދެން އެމް.ޓީ.ސީ.ސީ އިން އައްޑޫ ސިޓީ ގައި ކުރަމުންދާ ދަތުރުތައް ޝެޑިއުލްއާއި އެއްގޮތަށް އޮންނާނެ ކަމަށެވެ. މިވަގުތު ކޮވިޑް 19 އާއި ގުޅިގެން ސިއްޙީ ގޮތުން އިތުރަށް ބަލަން ޖެހޭ ކަން ކަން ބެލުމަށް އައްޑޫސިޓީގެ ގުޅިފައިވާ އަވަށްތައް ކަމަށްވާ ހިތަދޫ،މަރަދޫ މަރަދޫފޭދޫ އަދި ފޭދޫ ވަނީ މޮނިޓަރިންއަށް ލާފައެވެ.

އައްޑޫސިޓީގައި މިވަގުތު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި އެ އެޖެންސީގެ ހުއްދަ ނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށްފައިވެއެވެ.