English Edition
Dhivehi Edition

މިއަދު އައްޑޫސިޓީ ލިންކްރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޙާލު ސީރިއަސްވި މީހާ ނިޔާވެއްޖެއެވެ.މިހާދިސާ ހިނގާފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައެވެ.

އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ މިއަދު ފަތިހު 05.45ގައި އެކްސިޑެންޓް ވެގެން އެހޮސްޕިޓަލަށް ގެނައި މީހަކު ފަރުވާ ދެމުން ދަނިކޮށް މިރޭ 11.18 ގައިނިޔާވެފައިވާކަމަށެވެ.

ނިޔާވެފައިވަނީ ސ.ހިތަދޫ ހުއިޒުންމާގޭ ޢުމުރުން 59އަހަރުގެ ޙަސަން ޢަލީއެވެ.

މިއެކްސިޑެންޓް ހިނގާފައިވަނީ ޙަސަން އަލީ ހިތަދޫ އިން މަރަދޫއަށް ދިޔަ މަގުމަތީގައި ހަންކެޑެ ބްރިޖާއި ހިސާބުން އެސަރަޙައްދުން ހިނގާފައިދިޔަ މީހެއްގެ ގައިގައި ސައިކަލުން ޖެހިގެންނެވެ. ހިނގާފައިދިޔަ މީހާއަށްވެސް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. ޙަސަން އަލީ ނިޔާވީ ބޮލަށާއި ސިކުނޑިއަށް ލިބުނު އަނިޔާއިން ލޭނުހިފިގެން ކަމަށް މަޢުލޫމާތު ލިބެއެވެ.

 

1 ކޮމެންޓް
ހަސަނުގ
ނޮވެމްބަރު 5, 2021
ލިންކްރޯޑާ، ބޮޑުމަގު ދުވާ، ހިނގާ މީހުން، މިއީ ދުއްވާއެއްޗެހި ދުއްވަން ހަދާފަ އޮންނަ މަގެއްކަން ހަނދާނެއް ނުހުރޭ. މިކަން ކައުންސިލުން ހުއްޓުވަން އެބަޖެހޭ. ދުވަން ވަކި އޭރިޔާއެއް މަގުގަ ނެތީސް، ހިތު ހުރިގޮތަކަށް ދުވާއިރު، މިކަހަލަ އެކްސިޓެންޓްވުން ގާތް.