English Edition
Dhivehi Edition

ގދ. ތިނަދޫ، ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހަކު ނިޔާވެއްޖެ އެެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ 66 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އޭނާ ނިޔާވެފައިވަނީ ރޭ 10:55 ހާއިރު އެވެ. މި މަރާއެކު ރާއްޖެއިން ކޮވިޑު ޖެހިގެން ނިޔާވި މީހުންގެ އަދަދު 261 އަށް އެރީ އެވެ.

ރާއްޖެއިން މިހައިތަނަށް 244 ދިވެހީންނާއި 17 ބިދޭސީން ކޮވިޑު ބަލީގައި ނިޔާވެފައިވާ އިރު، މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން ނިޔާވެފައިވަނީ މި އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު 13 މީހަކު ވަނީ ނިޔާވެފަ އެވެ.

ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު ނިޔާވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.