English Edition
Dhivehi Edition

މާލޭގައި މިރޭހިންގި މާރާމާރީއެއްގައި އަނިޔާވި ފިރިހެނަކަށް އައިޖީއެމް ހޮސްޕިޓަލުންގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ވިދާޅުވެފައިވަނީ މާރާމާރީ ހިނގާފައިވަނީ މާފަރު ގެސްޓްހައުސްގެ ގޯތިތެރޭގައި ކަމަށެވެ. އެ ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 9:22 އެހައިކަންހާއިރުއެވެ.

މާރާމާރީގައި އެމީހާއަށް ލިބިފައިވާ އަނިޔާގެ އެއްވެސް ތަފްސީލެއް ލިބިފައެއް ނުވެއެވެ. އެކަމާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން ވިދާޅުވެފައެއް ނުވެއެވެ.

ފަހަކަށް އައިސް މާލޭގައި މާރާމާރީ ހިންގުންވަނީ އިތުރުވެފައެވެ. އެފަދަ ކަންކަން ހުއްޓުވުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

ޓެގު