English Edition
Dhivehi Edition

މާލޭގައި މިއަދު ޒުވާނަކު ޒަހަމްވީ އޭނާއަށް އެހެން މީހަކު ދިން ހަމަލާއެއްގެ ސަބަބުން ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

މެހެލިގޯޅީގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް މިއަދު 8:20 ހާއިރު ލިބިފައިވާއިރު އޭރު ފުލުހުން ބުނީ ހަމަލާ ދީފައިވަނީ 22 އަހަރުގެ ފިރިހެނަކަށް ކަމަށާއި އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ކުރި ތަހުގީގުތަކަށް ފަހު މިއަދު ހަވީރު ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެ އަނިޔާތަކަކީ އޭނާ ގެންގުޅުނު އެއްޗަކުން އަމިއްލައަށް ލިބުނު ޒަހަމްތަކެއް ކަން އެގިފައިވާކަމަށެވެ.

އޭނާއަށް ލިބުނު އަނިޔާތަކާއި ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވާއިރު ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކުން ފެންނަނީ އެމީހާ ޒަހަމްވި ދިމާލުގައި ލޭގެ ކޯރެއް ހެދިފައިވާ މަންޒަރެވެ.

ޓެގު