އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކުރިއަށް ގެންދާ ވެހިކަލް ބުރުގައި ހަމަނުޖެހުން ހިންގަން ނިންމާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މި ވެހިކަލް ބުރާއި ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕީޕީއެމްއިން އިންތިޒާމު ކޮށްގެން މިއަދު މާލޭގެ މަގުތަކުގައި ބޭއްވުމަށް ރާވާފައިވާ އުޅަނދުބުރުގައި ހަމަނުޖެހުން ހިންގަން ރާވާމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.އަދި އެފަދަ ހަމަނުޖެހުންތަކަކީ ގިނަ ބަޔަކަށް އޭގެ ނުރައްކާ އޮތް ކަމެއް ކަމުގައި ފުލުހުން ދެކޭ ކަމަށެވެ.
އެހެން ކަމުން އާންމު މަސްލަހަތު ހިމާޔަތްކޮށް، އެއްވުންތަކުގެ ބައިވެރިންނާއި އެހެނިހެން ފަރާތްތައް ހިމެނޭ ގޮތުން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ފުލުހުންގެ ހިދުމަތުގެ ގާނޫނީ ޒިންމާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
އިދިކޮޅު ކޯލިޝަނުން އިސްނައިގެގެން އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ބޮޑެތި ހަރަކާތްތަކެއް ރާވަމުން އަންނައިރު މި ހަރަކާތްތަކުގައި ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ބައިވެރި ވަމުންނެވެ.