English Edition
Dhivehi Edition
ޕީއެންސީގެ އެސްޖީ ޒީނާޒް އަދުނާން

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، (ޕީއެންސީ)ގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ޒީނާޒް ޢަދުނާން ހަމަޖައްސައިފިއެވެ.

އެމަގާމަށް ޒީނާޒް އަދުނާން ހަމަޖައްސާފައި ވަނީ ކުރިން އެ މަގާމުގައި ހުރި ޝިފާގު މުފީދު މިިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ.

ޕީއެންސީގެ ސެކްރެޓަރީގެ މަގާމަށް ޒީނާޒް ހަމަޖައްސާފައިވާއިރު، އޭނާ ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ސިޓީގެ ދެކުނު ގޮނޑިއަށް ވާދަކޮށްފައެވެ.

ޒީނާޒަކީ މީގެ ކުރިން ޕީޕީއެމްގެ ސެނެޓުގައި ވެސް ހިމެނުނު މެންބަރެކެވެ. އަދި ޒީނާޒަކީ ތައުލީމީ ދާއިރާގައި ދިގު މުއްދަތަކަށް މަސައްކަތް ކުރައްވާފައިވާ ހުނަރުވެރި އަންހެނެކެވެ.

ހާއްސަކޮށް އޭނާ ވަނީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައެވެ.