English Edition
Dhivehi Edition
މުހައްމަދު ދީދީ: މެދުކެނޑުމެއް ނެތި މަސްވެރިކަމުގައި 20 އަހަރު ފޮޓޯ: ހުޅުދޫ އަވަށު އޮފީސް

މަސްވެރިކަމުގެ ދާއިރާގައި މެދުކެނޑުމެއްނެތި 20 އަހަރު ކޮށްފައިވާ މަސައްކަތުގެ އަގު ވަޒަންކޮށް ސ.ހުޅުދޫ އަލިމަސް މުހައްމަދުދީދީ އަށް ހާއްސަ ޝިލްޑެއް ދީފިއެވެ.

އައްޑޫ ސިޓީ ހުޅުދޫ އަވަށު އޮފީހާއި ހުޅުދޫ އަންހެނުންގެ ގުޅުމުގެ ފަރާތުން މަސްވެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. ހުޅުދޫ ޔޫތު ސެންޓަރުގައި ބޭއްވި މި ރަސްމިއްޔާތުގައި ހުޅުދޫ ދާއިރާގެ ކައުންސިލރަ ހުސައިން ފައިޒުއް ރަހްމާން އާއި މީދޫ ދާއިރާގެ ކައުންސިލަރުގެ އިތުރުން ގިނަ އަދަދެއްގެ މަސްވެރިންވަނީ ބައިވެރިވެފައެވެ.

ހުޅުދޫ އެންމެ ޒުވާން މަސްވެރިޔާ އުނެއިސް ފޮޓޯ: ހުޅުދޫ އަވަށު އޮފީސް

މަސްވެރިކަމުގެ ދާއިރާގައި މެދުކެނޑުމެއްނެތި 20 އަހަރު ކޮށްފައިވާ މަސައްކަތުގެ އަގު ވަޒަންކޮށް މުހައްމަދުދީދީ އަށް ހާއްސަ ޝިލްޑެއް ދީފައިވާއިރު އެންމެ ޒުވާން މަސްވެރިޔާއަށް ދޭ ޝިލްޑް ވަނީ ސ.ހުޅުދޫ އިޝާން. އުނެއިސް އަލީ އަށް ދީފައެވެ. މީގެ އިތުރުން 20 އަހަރަށް ކެޔޮޅުކަން ކޮށްދީފައިވާ ދެ ފަރާތަކަށްވެސް ވަނީ ޝިލްޑް ދީފައެވެ. މި ޝިލްޑް ސ.ހުޅުދޫ ދާޝް އަލީ ސައީދު އާއި ސ.ހުޅުދޫ އިޝާން އަލިމަނިކުއަށް ދީފައިވާއިރު މި ހަފްލާގައި މަސްވެރިންގެ ފަރާތުން އެންމެ ޒުވާން މަސްވެރިޔާ އުނެއިސް ވަނީ ވާހަކަދައްކާފައެވެ.

އައްޑޫ ސިޓީ ހުޅުދޫ އަކީ ޒަމާނާއި އެއްގޮތަށް ބޮޑެތި ދޯނިފަހަރުގައި މަސްވެރިކަން ކުރާ ރަށެށްގެ ގޮތުގައި ފާހަގަކުރެވިފައިވާ ރަށެކެވެ.