English Edition
Dhivehi Edition

ދައުރުން ބޭރުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މާދަމާއަށް ތާވަލު ކޮށްފި އެވެ.

އެންޓީކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކި ކުރުމަށް ބާއްވާ މި ޖަލްސާ ބޭއްވުމަށް ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10 ޖަހާ އިރަށެވެ.

މަޖިލީހުގެ ގަވައިދު ބުނާގޮތުން މިނިވަން މުއައްސަސާތަކުގެ މެންބަރުން ވަކިކުރުމުގެ އިޖުރާއަތްތައް ފަށަން ފެނިއްޖެނަމަ، ފުރަތަމަ ފޮނުވަން ޖެހޭނީ މަޖިލީހުގެ ރިޔާސަތަށެވެ. އެ މަސައްކަތް ފެށޭނީ، މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސަތުން އެ ކަން އިއުލާން ކުރުމުން ނެވެ.

އެއަށްފަހު، މަޖިލީހުގެ ރިޔާސަތުން އެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމުން، އޭސީސީގެ މެންބަރުންނަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދޭނެއެވެ. އަދި އެއަށްފަހު، އަނެއްކާ ވެސް އެ ކަމާ މެދު ކޮމިޓީން ގޮތެއް ނިންމުމަށް ފަހު ތަޅުމަށް ފޮނުވަން ޖެހޭނެ އެވެ.

އޭސީސީގެ މެމްބަރުން ވަކި ކުރަނީ ޒިންމާ އަދާ ނުކުރެވޭތީ ޕާފޯމަންސް އޮޑިޓެއް ހެދުމަށް ފަހު އެވެ.