English Edition
Dhivehi Edition

އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 14 މިލިއަން ޑޮލަރުގެ ލޯނެއް ދިވެހި ސަރުކާރުން ނަގައިފި އެވެ.

މިއީ ކުނި ނައްތައިލުމުގެ ބޮޑު ޕްރޮޖެކްޓެއް ހިންގުމަށްޓަކައި ދިވެހި ސަރުކާރުން ނެގި ލޯނެކެވެ.

އޭޑީއެފްޑީ އިން ބުނީ ކުނިން ހަކަތަ އުފެއްދޭ ގޮތަށް ހިންގާ މި ޕްރޮޖެކްޓްގެ ދަށުން އުފައްދާ ކުނި 10 ޕަސެންޓް މަދުކޮށްދީ 6،000 ގޭބީސީ އަށް ކަރަންޓް ފޯރުކޮށްދޭނެ ކަމަށެވެ.

މިކަމާއިގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މި ޕްރޮޖެކްޓާއެކު ގާތްގަނޑަކަށް 100 އަށް ވުރެ ގިނަ ވަޒީފާ އުފެއްދޭނެ ކަމަށެވެ.

ދިވެހި ސަރުކާރުން މި ލޯނު ނަގާފައިވާ އިރު، އެކިއެކި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށްޓަކައި މިހާރު ވެސް ސަރުކާރުން ވަނީ ބޭރު ޤައުމުތަކުގެ މާލީ އިދާރާތައް މެދުވެރިކޮށް ބޮޑެތި ލޯނު ތަކެއް ނަގާފަ އެވެ.

އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ ގިނަ ލޯނުތަކެއް ނަގާފައިވަނީ ޗައިނާ އިން ނެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގައި އެންމެ ގިނަ ލޯނުތަކެއް ނަގަމުން އަންނަނީ އަވަށްޓެރި އިންޑިއާ އިން ނެވެ.