English Edition
Dhivehi Edition
ފިނެންސް މިނިސްޓަރ އިބްރާހިމް އަމީރު/ފޮޓޯ މަޖިލިސް މީޑިއާ

ދައުލަތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި، މި އަހަރުގެ ބަޖެޓަށް އިތުރުކުރާ ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން މުހައްމަދު ނަޝީދު އިސްތިއުފާދެއްވުމުން، މިއަދު މަޖިލީހުގެ ބަޖެޓުގެ މަސައްކަތް ވަނީ ފަށާފައެވެ. މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ އާ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީޖަލްސާ އަށް އެޖެންޑާކުރެވިފައި ވަނީ ސަޕްލިމެންޓްރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކޮށް ދައުލަތުގެ ފަރާތުން ބަޖެޓު ހުށަހެޅުން ކަމަށެވެ. ދައުލަތުގެ ފަރާތުން ބަޖެޓު ހުށަހެޅުމަށްޓަކައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު މަޖިލީހަށް ހާޒިރުވިއިރު ޑިމޮކްރެޓުންގެ މެންބަރުން ވަނީ ނިޒާމީ ނުކުތާތައް ނަންގަވާ މަޖިލީހުގެ ހައިޖާނު އުފައްދާފައެވެ.

ޑިމޮކްރެޓްސް އިން މަޖިލީހުގައި ނިޒާމީ ނުކުތާތައް ނަގަމުން ދިޔަނަމަވެސް މަޖިލީހުގެ ރައީސް ވަނީ އަސްލަމް ވަނީ މަޖިލީހުގައި ނިޒާމީ މައްސަލައެއް ނެތް ކަމަށް ވިދާޅުވެ ބަޖެޓްގެ މަސައްކަތް ކުރިއަށް ގެންދަވާފައެވެ،

ދައުލަތުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައި ވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައި ވަނީ 6.5 ބިލިއަން ރުފިޔާއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގާނޫނުގައިވާ ގޮތުން، ދައުލަތުގެ ބަޖެޓު އޮކްޓޯބަރު މަހުގެ 31 ގެ ކުރިން ތަޅުމަށް ހުށަހަޅަންވާނެއެވެ. އަދި ނޮވެމްބަރު މަހުގެ 30 ގެ ކުރިން ބަޖެޓު ފާސްކުރަންވާނެއެވެ.