English Edition
Dhivehi Edition

އައްޑޫސިޓިގެ މަރަދޫގެ ބޮޑުމަގުގައި ޕިކަޕެއްގައި ޖަހައިގެން ގެންދިޔަ ކޮންކްރިޓް މެޝިނެއް ފުރޮޅާލައިފިއެވެ. ރެންޓަލްސް އިން ކުއްޔަށް ހޯދައިގެން މަރަދޫ ބަޔަކު ގެންދިޔަ މި މެޝިން ފުރޮޅާލީ ޕިކަޕް މާ ބާރަށް ދުއްވާފައި ދިއުމުން ކަމަށް މަންޒަރުދުށް ފަރާތަކުން ބުންޏެވެ. “މެޝިން ފުރޮޅާލުމުން ޕިކަޕް ޑްރައިވަރު ބުނީ ތިމަންނަ އެބަ އަންނަމޭ. ކިޔާފައި ދިޔަ ގޮތަށް ނާދޭ” އެތަނުގައި ހުރި މީހަކު ބުންޏެވެ. މިއަދު ހެނދުނު 10:30 ގައި ކިއުކޯނާރ ރެސްޓޯރެންޓް ސަރަހައްދުން ބޮޑުމަގުގައި ހިނގި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވެފައި ނުވާއިރު ފުރޮޅާލި މެޝިން އަދިވެސް އޮތީ މަގުމަތީގައެވެ.