އިދިކޮޅު ޕީޕީއެމް-ޕީއެންސީ ސަރުކާރެއްގައި ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބިގެންދާނެކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވިދާލުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ‘ކޮތަރު ކޮށި’ މި ނަމުގައި ރޭ މާލޭ ކާނިވަލު ސަރަހައްދުގައި އިދިކޮޅުން ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.މި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތަކާއި, ޕްލޭންތަކަކީ ފެނުނު ހުވަފެނެއް ނޫން ކަމަށެވެ.
އެއީ ރާއްޖޭގެ ޒުވާނުންގެ ހާލަތު ފެނިގެން، އެމީހުންނަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށް ހެދި ފްލޭންތަކެއް ކަމަށް ރައީސް ޔާމީން ވިދާލުވިއެވެ.ހިޔާ ފްލެޓްތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 1000 ފްލެޓް ހާއްސަކޮށްފައިވާނެކަމަށާއި އެހެންނަމަވެސް މި ސަރުކާރުން އެފަދަ ބައެއް މީހުންގެ އަތުން އެ ފްލެޓްތައް ވެސް އަތުލާފައިވާކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.މީގެ އިތުރުން ރައީސް ޔާމިންވަނީ އަލަތު ކައިވެންޏައް ހާއްސަ ކުރި ފްލެޓްތައް ވެސް ވުޖޫދުގައި ނެތް ކަމަށް މި ސަރުކާރުން އޭރު ބުނި ކަމަށާއި ނަމަވެސް މިހާރު ކުއްލިއަކަށް އެ ފްލެޓްތައް ވެސް ފާޅުވެގެން އުޅޭކަމަށް ވިދާޅުވެފައެވެ.
ހިޔާ ފްލެޓްތަކަކީ ކޮތަރު ކޮށްޓެކޭ ބުނާ މީހުނަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އެއީ ކޮތަރު ކޮށްޓެއް ނޫންކަމަށާއި ތަނުގައި ދިރިއުޅޭ ރައްޔިތުން ބޭރަށް ނިކުމެ، ހިތްހަމަޖައްސައިލަން ޕާކެއް ވެސް ހަދަން ފްލޭންތައް ރާވާފައިވާނެކަމަށެވެ. ހިޔާ ފްލެޓަށް މިހާރު ނަގަމުންދާ އަގަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވަނީ ހިޔާ ފުލެޓުތަކުގެ ކުލީގެ ގޮތުގައި 8،500 ރުފިޔާ ނެގުމަކީ އެމަނިކުފާނަށް ޤަބޫލުކުރެއްވޭ ކަމެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން ނެގި އަގުގައި އެ ފުލެޓުތައް ދެވެންވާނެ ކަމަށް ރައީސް ޔާމީން ޔާމިނު ވިދާޅުވިއެވެ. އިތުރަށް ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމެއްގައި، ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކައި އެތަނުގައި އަޅަން ފެށި 12،000 ހައުސިން ޔުނިޓުގެ ތެރެއިން 7،000 ހައުސިން ޔުނިޓުގެ ކުލި ކުޑަކޮށްދެއްވާނެކަމަށެވެ.
މި ސަރުކާރަށް ތިން އަހަރު ފުރިގެން ދިޔަ އިރުވެސް އެއްވެސް ފްލެޓެއް ހެދިފައިނުވާކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އިތުރަށް ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ ސަރުކާރެއްގައި ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ އަޑު އަހާނެ ކަމަށާއި އެ މީހުންގެ ތަކުލީފުތަކަށް ޖަވާބުދާރީވެ ވަޑައިގަންނަވާނެ ކަމަށެވެ.