English Edition
Dhivehi Edition
ފުވައްމުލަކު ބަންޑާރަ ކިޅި.

ފުވައްމުލައް ސިޓީގެ ބަންޑާރަ ކިޅީގައި ކޮށްފައިވާ އިމާރާތާއި އިމާރާތް ހިމެނޭ ބިން ކުއްޔަށް ދޫކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވަނީ މި ބިން ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާކަމަށެވެ. މި ގޮތުން ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 12 ޑިސެންބަރު 2021 އިން 21 ޑިސެންބަރު 2021 އަށް މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑް ގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) މެއިލްކޮށްދިނުމަށް އެ އިދާރާއިން ވަނި އެދިފައެވެ.

މީގެ އިތުރުން ކައުންސިލުން ވަނީ މި ބީލަމާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 12 ޑިސެންބަރު 2021 ވާ އާދީއްތަ ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން ލިބެން ހުންނާނެކަމަށާއި މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 21 ޑިސެންބަރު 2021 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން މެއިލްކުރުމަށް އެދިފައެވެ. އިތުރަށް ކައުންސލިން ބުނީ ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 26 ޑިސެންބަރު 2021 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި ލޭންޑް މެނޭޖްމަންޓް ސެކްޝަންގެ މީޓިންގ ރޫމްގައިކަމަށެވެ.

ބަންޑާރަ ކިޅިއަކީ، ސަރުކާރުން ޙިމާޔަތްކޮށްފައިވާ ޞަރަޙައްދެކެވެ. އެގޮތުން ބަންޑާރަ ކިޅިއަކީ ރައްކައުތެރިކުރަންޖެހޭ ޞަރަޙައްދެއްގެގޮތުގައި ކަނޑައަޅައި، ކިޅި ހިމެނޭ ޞަރަޙައްދުގެ އިން ވަނީ ވަކިކޮށްފައެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ވަނީ އެ ޞަރަޙައްދުގައިވާ ދިރުންތަކާއި ޤުދުރަތީ ވަޞީލަތްތައް ދެމެހެއްޓެނެވި ގޮތެއްގައި ރައްކާތެރިކޮށް ބެލަހައްޓާ، އެތަނުގެ ޤުދުރަތީ މުއްސަނދިކަމުގެ ފައިދާއާއި އިޤްތިޞާދީ ފައިދާ ޢާންމު ރައްޔިތުންނަށް ލިބިދިނުމާ ގުޅޭ އުސޫލުތަކެއް ކަނޑައަޅާފައެވެ.