English Edition
Dhivehi Edition

ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ބާއްވަން ނިންމާފައިވާ ޖަލްސާއަކީ ފޯރިގަދަ ޖަލްސާއަކަށްވާނެ ކަަމަށް އެ ކޯލިޝަނުން ބުނެފި އެވެ.

އެ ކޯލިޝަނުން ބުނި ސަރުކާރުން އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލައި، ރައްުޔިތުންނަށް ބަސްބުނުމަށް ޖާގަ ނުދިނުމަށް ކުރާ މަސައްކަތަކީ ބަލައި ގަނަވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އިދިކޮޅުގެ އަޑު ކަނޑުވާލުމަކީ މިސަރުކާރަށް ވަރަށް އުނދަގޫ ކަމެއްކަމަށެވެ.

މިރޭގެ ޖަލްސާގައި ވެސް އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެ ކޯލިޝަންގެ އިސްބޭފުޅުން ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިރޭ 08:30 ގައި ފެށުމަށް ނިންމާފައިވާ މި ޖަލްސާގައި މިއަދަކީ މަސްވެރިންގެ ދުވަހަށް ވުމާއިއެކު މިރޭގެ ޖަލްސާގައި މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދުތަކާއި މިހާތަނަށް މަސްވެރިންނާއިމެދު ކަންކަން ކޮށްފައިވާ ގޮތްވެސް ރައްޔިތުންނާއި ހިއްސާ ކުރެވޭނެކަމަށަ އެ ކޯލިޝަނުން ބުނެފައި ވެއެވެ.

“ކޮތަރުކޮށި” ނަމުގައި ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ނިންމާފައިވާ މި ޖަލްސާއަކީ ހުޅުމާލޭ ހިޔާ ފްލެޓް ހިމެނޭ ސަރަހައްދުގައި ބޭއްވުމަށް މަސައްކަތް ކުރި ޖަލްސާ އެވެ.

އެ ޖަލްސާ ހުޅުމާލޭ ހިޔާ ފްލެޓު ސަރަހައްދުގައި ބާއްވަން މަސައްކަތް ކުރުމުން އެ ފުރުސަތު އެޗްޑީސީން ވަނީ ނުދީފަ އެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ އެޗްޑީސީގެ ހުއްދަ ނުހޯދާތީ އެވެ.

އެހެންވެ، އެ ސަރަހައްދުގައި “ކޮތަރުކޮށި” ޖަލްސާ ބޭއްވުމަށް ފުލުހުން ހުރަސް އެޅުމުން މާލޭ އުސްފަސްގަނޑުގައި ބޭއްވުމަށް ވެސް ވަނީ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެތަނުގައި ބޭއްވުމަށް ވެސް ހުއްދަ ނުލިބުމުން އެންމެ ފަހުން މާލެ ސިޓީ ކައުންސިލްގެ ބާރުގެ ދަށުގައި އޮންނަ ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ.