ކުރު މުއްދަތެއްގައި ފަރަންސޭސި ބަސް ދަސްކޮށް ދިނުމަށް އެވިޑު ކޮލެޖުން ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
އެ ކޮލެޖުން ބުނީ މިއީ ފަރަންސޭސި ބަސް އެކި ފެންވަރުގެ ސަނަދުތަކަށް ބިނާކޮށްގެން ކިޔަވައިދޭން ޢިލްމީ އަދި ފަންނީ އެހީތެރިކަން ހޯދުމަށް ސޮއި ކުރި ފަހުމުނާމާއެއް ކަމަށެވެ. އަދި މި ފަހުމުނާމާ ސޮއިކޮށްފައިވަނީ ރާއްޖޭގައި ހުންނަ ފަރަންސޭސި ވިލާތުގެ އަލިއޯންސް ފްޣޮންސޭޒް އާ އެކު ކަމަށެވެ.
މި ފަހުމުނާމާގެ ދަށުން ކުރިއަށް އޮތް ތާނގައި ފަރަންސޭސި ބަސް ކުރު މުއްދަތެއްގެ ކޯސްތަކުގެ ގޮތުގައްޔާއި އެކި ފެންވަރުގެ ސަނަދުތަކަށް ބިނާކޮށްގެން ކިޔަވއިދޭނެ ކަމަށް އެވިޑު ކޮލެޖުން ބުނެ އެވެ.
އެ ކޮލެޖުން އިތުރަށް ބުނީ އަލިއޯންސް ފްޣޮންސޭޒްގެ ލަފަޔާއެކު މި ކޯސްތައް ފަރުމާކޮށް ކުރިއަށް ގެންދާނީ އެވިޑު ކޮލެޖުގެ ފެނަލްޓީ އޮފް އާރޓްސް އެންޑް ލިޓްރޭޗަރ އިން ކަމަށެވެ.