English Edition
Dhivehi Edition
ކީރިތިޤުރްއާނާ ބެހޭ ޤައުމީ މަރުކަޒު ފުވައްމުލަކު ގޮފީގެ ދަރިވަރުންގެ ތެރެއިން ޤުރުއާން ހިތުން ދަސްކުރި ދަރިވަރުންގެ ޙިފްޡް އިމްތިހާން ނިންމުން ފާހަގަ ކުރުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
ކީރިތިޤުރްއާނާ ބެހޭ ޤައުމީ މަރުކަޒު ފުވައްމުލަކު ގޮފީގެ ދަރިވަރުންގެ ތެރެއިން 03 ދަރުވަރަކު ވަނީ ޙިފްޡް އިމްތިހާން ނިންމާފައެވެ. މިގޮފީގެ ދަރިވަރުންގެ ތެރެއިން ޤުރުއާން ދަސްކުރި ދަރިވަރުން އިމްތިޙާނުކޮށްފައިވަނީ ކީރިތިޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ފުވައްމުލައް ސިޓީގައި އެކުލަވާލާފައިވާ ކޮމިޓީއިންނެވެ. މިއީ އެ ކޮމިޓީ އެކުލާވާލިފަހުން ފުރަތަމަ ފަހަރަށް އިމްތިޙާނު ކުރެވުނު ދަރިވަރުންނެވެ.
ފުވައްމުލައް ސިޓީގެ ޙިފްޡު ކޮމެޓީ އިފްތިތާހުކޮށްފައިވަނީ ނައިބު ރައީސް ފައިސަލް ނަސީމް އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ، ޙިފްޡު ކޮމެޓީ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ޙިފްޡު ކޮމިޓީ މަސައްކަތް ފުވައްމުލަކުގައި ފެށިގެން ދިއުމާއެކު ވަރަށް ބޮޑު ތަކްލީފަކުން ސަލާމަތްވެ، ވަރަށްބޮޑު ލުއި ފަސޭހަކަމެއް ލިބިގެންދާނެކަމަށެވެ. ރަށުގައި ތިބެގެން ފަސޭހަކަމާއެކު ކަންތައްތައް ކުރެވޭނެފަދަ އިންތިޒާމުތައް ހަމަޖެއްސުމަކީ މި ސަރުކާރުން އެންމެ ފުޅާ ދާއިރާއެއްގައި ކުރާ އެއް މަސައްކަތް ކަމުގައި ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

 

ފުވައްމުލައް ސިޓީގެ ޙިފްޡު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:

ޢަބްދު ﷲ މުފީދު – ކޮމިޓީ ރައީސް
ޙުސައިން އާދަމް – ކޮމިޓީގެ މެންބަރު
އަޙްމަދު ނަސީމު – ކޮމިޓީގެ މެންބަރު