English Edition
Dhivehi Edition
މަހަލްދީބް ފުވައްމުލައް މެޑިކަލް ސެންޓަރުގެ ފަރާތުން އާރްއާރްޓީ ކަނބަލުންނަށް ހަދިޔާ ޕެކޭޖްތަކެއް ހަވާލުކުރުން

މަހަލްދީބް ފުވައްމުލައް މެޑިކަލްގެ ފަރާތުން ‘ހެލްތް ފެއާރ’ އެއް ބޭއްވުމަށް ތައްޔާރުވާން ފަށައިފިއެވެ.

މި މަހުގެ 10 ވަނަ ދުވަހު ފުވައްމުލައް ސިޓީގެ ބަނދަރު ސަރަހައްދުގައި ބޭއްވުމަށް ނިންމާފައިވާ މި ހެލްތް ފެއާރ ގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މި ފެއާރ ގައި މަހަލްދީބް ފުވައްމުލައް މެޑިކަަލްއިން މިހާރު ދެމުން ގެންދާ ހިދުމަތްތަކުގެ މައުލޫމާތު ހިއްސާކުރުމާއި އަދި ކުރިއަށް އޮތް ތަނުގައި ތައާރަފްކުރުމަށް ހަމަޖެހިފައިވާ ހިދުމަތްތަކުގެ މައުލޫމާތުތަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ލޭގެ ޕްރެޝަރު ބަލައިދިނުމާއި، ހަކުރު ޓެސްޓް ކުރުމާއި، ރަނގަޅު ޑައިޓެއް ބޭނުންކޮށްގެން ބަރުދަން ލުއިކުރާނެ ގޮތުގެ މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިސްކޮޅާއި ބަރުދަން ބަލާ، ބަރުދަން ލުއިކުރުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ކުޑަކުދިން ދަތްފަނި ކެއުން ފަދަ މައްސަލަތައް ޗެކްކޮށް އެކަމުގެ މައުލޫމާތު ރައްޔިތުންނާއި ހިއްސާކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން މަހަލްދީބްގެ އަންހެނުންގެ ހާއްސަ ޑޮކްޓަރަށް އެޕޮއިންޓްމެންޓަކާއި ނުލާ ބައްދަލުކޮށް، އަންހެނުން ދަރިމައިވުމުގައި ދިމާވާ މައްސަލަތަކާއި، މައްސަރު ކަންކަމަށް ދިމާވާ މައްސަލަތަކާއި އަންހެނުންނަށް ދިމާވާ މިފަދަ އެކި މައްސަލަތަކާ ގުޅުން ހުރި ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަހަލްދީބްގެ އެތެރެހަށީގެ ހާއްސަ ޑޮކްޓަރަށް އެޕޮއިންޓްމެންޓައި ނުލާ ބައްދަލުކޮށް ބަލިތަކުގެ މައުލޫމާތު ހޯދުމުގެ ފުރުސަތު ރައްޔިތުންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ދުވަހަކީ ރާއްޖޭގެ މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަށް ވުމާއެކު، ދުވަހާއި ގުޅުވައިގެން ހާއްސަ މަސް ރޭހެއް ބޭއްވުމަށްވެސް އަންނަނީ ތައްޔާރުވަމުންނެވެ.