English Edition
Dhivehi Edition
މަހަލްދީބް މަސްރޭހުގައި ބައިވެރިވާ އެސްޓިއޯ ފުވައްމުލައް ފިހާރައިގެ ޓީމް ފޮޓޯ: އެސްޓިއޯ ފުވައްމުލައް ފިހާރަ

މަސްވެރިންގެ އަގުވަޒަންކޮށް މަސްވެރިންނަށް އުފެދިފައިވާ ލޯބި ހާމަކުރުމުގެ ގޮތުން މަހަލްދީބް މަސްރޭހުގެ ނަމުގައި ފުވައްމުލައް ސިޓީގައި މަސްރޭހެއް ބޭއްވުމަށް ނިންމައިފިއެވެ،

މަހަލްދީބް ފުވައްމުލައް މެޑިކަލްގެ ފަރާތުން މި މަހުގެ 10 ވަނަ ދުވަހު ފުވައްމުލައް ސިޓީގެ ބަނދަރު ސަރަހައްދުގައި ވަރަށް ކުލަގަދަކޮށް ހެލްތް ފެއާރ އެއް ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު މި ދުވަހު ވަރަށް ހާއްސަ މަސް ރޭހެއް ބޭއްވުމަށްވެސް މަހަލްދީބް ފުވައްމުލައް މެޑިކަލް އިން އަންނަނީ ތައްޔާރުވަމުންނެވެ.

މި މަސްރޭހުގައި އެސްޓިއޯ ޓީމް، ފުވައްމުލަައް ޕޮލިސް ޓީމް، ފެނަކަ ކޯޕަރޭޝަންގެ ޓީމް، އެމްޓީސީސީ ޓީމް، ކައުންސިލް ޓީމްގެ އިތުރުން އެ ސިޓީގެ އިތުރު ޓީމުތައް ވަނީ ބައިވެރިވައެވެ،

މި މަސްރޭހުގައި ބައިވެރިވާ ޓީމްތަށް 10 ވަނަ ދުވަހުގެ 16:00 ފުރަން ހަމަޖެހިފައިވާއިރު ޓީމްތަށް ރޭސް ނިންމުމަށް ހަމަޖެހިފައިވަނީ 20:30 ގައެވެ، ފުވައްމުލައް ސިޓީގެ ތާރިހުގައިވެސް ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ފޯރިގަދަ މަސް ރޭސް ނިންމުމާއެކު 1 ވަނަ 2 ވަނަ އަދި 3 ވަނަ ޓީމް ހޮވުމުގެ ގޮތުން ވަރަށް ކުލަގަދަ ހަރަކާތްތަކެއް ރޭވިފައިވާކަމަށް މަހަލްދީބު ފުވައްމުލަކުން ވަނީ ބުނެފައެވެ.