English Edition
Dhivehi Edition

‘މަހަލްދީބް ފުވައްމުލައް މެޑިކަލް’ ގެ ނަން ‘ފާރުޤް ހެލްތް ކެއާރ’ ގެ ނަމަށް ބަދަލުކޮށް އިތުރު ގިނަ ހިދުމަތްތަކާއި އަލުން ފަށުމުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.

މަހަލްދީބް މެޑިކަލް ސެންޓަރު އަކީ އެކި ބަލިތަކަށް ހާއްސަ ސްޕެޝަލިސްޓް ޑަކްޓަރުން ޚިދުމަތް ދެމުން އަންނަތަނަކަށްވާ އިރު މި ތަނުގެ މެނޭޖްމެންޓުން ބުނީ އެ ޓީމްގެ އެންމެ ބޮޑު އަމާޒަކީ އެ ތަނުގެ ނަން ރީބްރެންޑްކޮށް އަލުން ފަށައިގަންނައިރު ފުވައްމުލައް ސިޓިގެ ރައްޔިތުންނަށް ރަނގަޅު ފެންވަރެއްގެ ސިއްހީ ހިދުމަތް ފޯރުކޮށް ދިނުންކަމަށެވެ.

އިތުރަށް މަހަލްދީބް މެޑިކަލް ސެންޓަރު އިން ބުނީ މި ވަގުތުވެސް އެ ތަނުގައި އަންހެނުންގެ ހާއްސަ ޑޮކްޓަރުގެ ހިދުމަތްވެސް ލިބިގެންދާއިރު ޑޮކްޓަރަށް ދެއްކުމަށްފަހު ހަދަންޖެހޭ ޓެސްޓްތައް ވެސް އެތަނުން ހެދޭނެކަަމަށެވެ. އަދި މިހާރު އިންފާޓިލިޓީ އަށް ފަރުވާ ކުރުމުގެ ހިދުމަތްވެސް އެ ކްލިނިކުން ފަށާފައިވާއިރު ހުރިހާ ވައްތަރެއްގެ ހޯމޯންސް ޓެސްޓް މިހާރު ހެދޭނެކަމަށް އެ ކްލިނިކުން ވަނީ ބުނެފައެވެ. “މީހަރުވެސް 7 ވަރަށްކަށް ޕޭޝެންޓުން ހިދުމަތް ހޯދަމުންދާކަން ފާހަގަކޮށްލަން. މިއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް” އެ ކްލިނިކުން ބުންޏެވެ.

މީގެ އިތުރުން އެ ކްލިނިކުން މިހާރު ޑެންޓަލް ހިދުމަތްވެސް ލިބިގެންދާކަން ފާހަގަކޮށް މެނޭޖްމެންޓުން ބުނީ އަންނަ މަހު ޑެންޓަލް ލޭޒަރ ހިދުމަތް ދިނުމަށްވެސް އެ ކްލިނިކުން ތައްޔާރުވަމުން އަންނަކަމަށެވެ. އަދި އަންނަމަހު އިންޑިއާގެ ހަމުގެ ޑޮކްޓަރެއްވެސް އެ ކްލިނިކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާއިރު، ތިން ދުވަހަށް ޑޮކްޓަރު ބަލި މީހުން ބަލާނެކަމަމަށް އެ ކްލިނިކުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މިހާރުވެސް އޮންލައިންކޮށް ބައެއް ހިދުމަތް ދެމުން އަންނަކަން ފާހަގަކޮށް އެ ކްލިނިކުން ބުނީ ފިޒީޝިއަން އަށް ދެއްކުންވެސް އޮންލައިންކޮށް ކުރިއަށް ދާކަމަށެވެ. އަދި ކުރިއަށް އޮތް މުސްތަގުބަލުގައި އެ ކްލިނިކްގެ ހިދުމަތް މިހާރަށްވުރެ ރަގަޅުވެގެންދާނެކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ،

މަހަލްދީބް މެޑިކަލް ސެންޓަރު ފުވައްމުލައް ސިޓީގެ ގޭގެއަށް ޒިޔާރަތްކޮށް ބަލިމީހުންގެ ބެލުމުގެ ހިދުމަތްވެސް ތައާރަފްކޮށްފައިވާއިރު ރަށުން ބޭރެން ޑޮކްޓަރަށް ދެއްކުމަށް ފުވައްމުލައް ސިޓީ އަށް ޒިޔާރަތްކުރާ ފަރާތަކަށްވެސް ލުއިފަސޭހަ ވާނެ ގޮތަށް ހިދުމަތް ދިނުމަށް އެ ސެންޓަރުން އަންނަނީ މަސައްކަތްކުރަމުންނެވެ.

މަހަލްދީބް ފުވައްމުލައް މެޑިކަލް ސެންޓަރަ ގެ ނަމުގައި ފުވައްމުލައް ސިޓީގައި ކްލިނިކެއް ހުޅުވުނީ 27 މެއި 2000 ވަނަ އަހަރުގައެވެ. 2000 ވަނަ އަހަރުން ފެށިގެން ފުވައްމުލައް ސިޓީގައި މެދުކެޑުމެއްނެތި ސިއްހީ ޚިދުމަތްދެމުން ގެންދާ މި ކްލިނިކްގައި ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނާއެކު އެންމެ މަތީ ފެންވަރަށް ޚިދުމަތް ދެމުން އަންނައިރި މިއީ އާންމުންގެ އިތުބާރު ލިބިފައިވާ މެޑިކަލް ސެންޓަރެކެވެ.