English Edition
Dhivehi Edition
ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް
ކްރިކެޓް ބޯޑު އޮފް މޯލްޑިވްސްއިން (ސީ.ބީ.އެމް) ފުވައްމުލައް ކްރިކެޓް ސްޓޭޑިއަމަށް 10 އަހަރު ފުރުން ފާހަގަކޮށްފިއެވެ.
މި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފުވައްމުލައް ސިޓީ ޑެޕިއުޓީ މޭޔަރު މުޙައްމަދު ފިކުރީއެވެ. މި ހަފްލާގައި ފުވައްމުލައް ސިޓީގެ ކައުންސިލް މެންބަރުންނާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް އަހުމަދު ފައިސަލް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މި ހަފްލާގައި ވާހަކަދައްކަމުން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް އަހުމަދު ފައިސަލް ވަނީ 10 އަހަރު ތެރޭގައި “ސާކް އަންޑަރ 23” ކްރިކެޓް ޓޯނަމެންޓް ވެގެން ގޮސްފައިވަނީ މިހާތަނަށް ބައިނަލްއަގުވާމީ ކްރިކެޓުން ރާއްޖެ އަށާއި ސީ.ބީ.އެމްއަށްވެސް ލިބުނު ބޮޑު ކުރިއެރުމެއް ކަން ފާހަގަކުރައްވާފައެވެ. އަދި މިކަން ފާހަގަކޮށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް އަހުމަދު ފައިސަލް ވަނީ ފުވައްމުލައް ސިޓީ ކައުންސިލަށް ހަނދާނީ ފިލައެއް ހަވާލުކޮށްފައެވެ.
ކްރިކެޓް ބޯޑު އޮފް މޯލްޑިވްސްއިން ، ކްރިކެޓް ތަރައްގީކުރުމަށް ހިންގޭ ޕްރޮގްރާމްތައް ދިރާސާކޮށް، އެ ޕްރޮގްރާމް ހަރުދަނާކޮށް ނަތީޖާ ނެރެވޭނެ ފަދަ ޕްރޮގްރާމަކަށް ހެދުމަށް މަސައްކަތްކުރަމުން އަންނައިރު ފުވައްމުލައް ސިޓީގައި ކްރިކެޓް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. މި ގޮތުން ފާއިތުވި 10 އަހަރު ކާމިޔާބު ކަމާއިއެކު “ސާކް އަންޑަރ 23” ކްރިކެޓް ޓޯނަމެންޓް ވަނީ ބާއްވާފައެވެ،