English Edition
Dhivehi Edition
ބްރިޓިޝް ލޯޔަލްޓީ ޝިޕްރެކް ސަރަހައްދަށް ޓޫރިޒަމް މިނިސްޓަރ ވަޑައިގަންނަވަނީ: ފޮޓީޯ ޒަޔާން މުޚްތާރު އޭއޯ ނިއުސް

ކޮރަޕްޓު ފަރާތްތަކަށް ގަބީލާގަބީލާގެ ބޮޑުން ގުލްދަސްތާ ވެދުންކުރާނަމަ އެގައުމެއްގާ ކޮރަޕްޝަނަކީ އާދަކާދައަކަށް ވެދާނެކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މައުސޫމް މިހެން ވިދާޅުވީ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމުގެ މައްޗަށްކޮށްފައިވާ ފަސް އަހަރުގެ ހުކުމް ބާތިލުކޮށް ސުޕްރީމް ކޯޓުން އެ މަނިކުފާނު މިނިވަން ކުރުމާއި ގުޅިގެން ގިނަ ބަޔަކު އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް މާލޭގެ މަގުމައްޗަށް އެއްވެ، ކާނިވާ ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާއަށް އިޝާރަތްކުރައްވަމުންނެވެ.

ރައީސް ޔާމީން މިނިވަންވުމާއި ގުޅިގެން އިދިކޮޅު ކޯލުޝަނުން އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ބޭއްވި ޖަލްސާއަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. މި މަރުހަބާގެ ޖަލްސާ އަށް އިޝާރަތްކުރައްވާ މައުސޫމް ވިދާޅުވީ ކޮރަޕްޓު ފަރާތްތަކަށް ގަބީލާގަބީލާގެ ބޮޑުން ގުލްދަސްތާ ވެދުންކުރާނަމަ އެގައުމެއްގައި ކޮރަޕްޝަނަކީ އާދަކާދައަކަށްވެދާނެކަމަށެވެ. އަދި ގައުމުގެ މުއްސަނދިކަން ބަންޑާރަ ތިޖޫރިން ބީވެ، ގައުމު ދަރަނިވެރިވެ، ރައްޔިތުން ބޮޑުތަނުން ފަގީރުވެ އަޅުވެތިވެދާނެކަމަށެވެ.

މީގެ އިތުރުން މައުސޫމް ވަނީ ސިޔާސީބެރަށް ނެށުމުގެ ކުރިން ފިކުރުކޮށްލަަށް އެދިވަޑައިގެންފައެވެ.