English Edition
Dhivehi Edition
03 ނޮވެމްބަރުގައި ހުޅުމީދޫ ފުލުހުން އަތުލައިގަތް މަސްތުވާތަކެތި ފޮޓޯ: ޕޮލިސް

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އައްޑޫ ސިޓީ ހުޅުމީދޫ ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި އެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މި ގޮތުން މިމަހުގެ އެއް ވަނަ ދުވަހުގެރޭ ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ވަނީ މަސްތުވާތަކެއްޗާއިއެކު 02 މީހުން ހައްޔަރުކޮށްފައެވެ. މި އޮޕަރޭޝަނުގައި ފުލުހުން އަތުލައިގަތް މަސްތުވާތަކެއްޗަކީ 41 ގްރާމްގެ މަސްތުވާތަކެއްޗެވެ.

ފުލުހުން މި މަހުގެ ތިން ވަނަ ދުވަހު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ސ.ފޭދޫއިން ފުރައިގެން ސ.ހުޅުދޫއަށް ދަތުރުކުރި މީހެއްގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ 02 ޕެެކެޓްވަނީ އަތުލައިގެންފައެވެ. މި އޮޕަރޭޝަނުގައި ފުލުހުން އަތުލައިގަތް މަސްތުވާތަކެއްޗަކީ 10 ގްރާމްގެ މަސްތުވާތަކެއްޗެވެ.

މި ދެ މައްސަލަވެސް މިހާރު ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.