English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް މީޑިއާ

ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ފުލުހުން ގުޅިގެން ނ. ވެލިދޫގައި ހިންގި މަސްތުވާތަކެތިގެ އޮޕަރޭޝަނެއްގައި 6 ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ވެލިދޫގެ ބައެއް ގޭގެ ބަލައި ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި ފެނިފައިވާއިރު މިތަކެތީގެ ވަގުތީ ބަރުދަނަކީ 1547.44 ގްރާމް ހުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭގެ އިތުރުން 50000 އަށް ވުރެ ގިނަ ދިވެހި ރުފިޔާއާއި ޔޫއެސްޑޮލަރު ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި އޮޕަރޭޝަނުގައި 7 މީހުން ހައްޔަރުކޮށް އެމީހުންގެ ބަންދާމެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެކަކު ވަނީ ދޫކޮށްލާފައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އަޙްމަދު މުރުޝިދު (35އ) ، ޢަބްދުﷲ ނިޝާދު (26އ)، އަޙްމަދު އަޞީމް (26އ)، އަޙްމަދު ނައުޝާދު (28އ)، ޢަލީ ރަޝީދު (30އ) އަދި މުޙައްމަދު މާޢިދު (28އ) އެވެ.

މި މައްސަލައިގައި ހައްޔަރުކުރި 6 މީހުންގެ ތެރެއިން އެކަކު 8 ދުވަހަަށް އަދި 5 މީހުން 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. މި މީހުންގެ އިތުރުން ވެސް މި އޮޕަރޭޝަނުގައި، އިތުރު މީހުން ބަލައިފާސްކޮށްފައިވެއެވެ. 8 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ އަޙްމަދު މުރުޝިދު (35އ) އެވެ. 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ޢަބްދުﷲ ނިޝާދު (26އ)، އަޙްމަދު އަޞީމް (26އ)، އަޙްމަދު ނައުޝާދު (28އ)، ޢަލީ ރަޝީދު (30އ) އަދި މުޙައްމަދު މާޢިދު (28އ) އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.