ތިނަދޫ ސްވިމިންގ ޓްރެކް ސަރަހައްދުގައި ފެންވެރޭނެ އިންތިޒާމު ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވެއްޖެއެވެ.
ގދ. ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ “ހަށިހެޔޮ ދުޅަހެޔޮ ސިއްހަތަކަށް – ކަސްރަތު ކުރަމާ” ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސައުދު ވިދާޅުވީ ސްވިމިންގ ޓެރްކަށް މޫދަށް އެރުމަށްފަހު ސާފު ފެނުން ފެންވަރާނެ އިންތިޒާމު ހަމަޖެއްސުމަށް މިއަދު ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
އެ ސަރަހައްދުގައި ފެން ވަޅެއްގެ އިތުރުން އެތަނުގައި ޒަމާނީ ފެންވަރެއްގެ ފެންވަރާ ތަނެއް ތަރައްގީކުރުމަށް ކައުންސިލުގެ ޖަލްސާއިން ނިންމާފައިވާކަން ސައުދު ވަނީ އިއުލާންކޮށްފައެވެ.