ގދ. ތެނަދޫ ޓާފް ދަޑާ ހެދީ މަޝްރޫއު ފެރެތަން ކޮޅަ މަސައްކަދު ކުރިޔަލް އޮޑަ ފެންސް ޖެހުމުއި މަސައްކަދެ ކޯފައި، އެރަޓު ކައުންސިލުން ފައިސާ ދީލެ ކޮޅަ ވޭލޭ މަސައްކަދު ފެންވަރެ ބަލަންނަ ވެނެ ވަރާލް ނުބަލައި ފައިސާ ދީލެ ކޮޅަކަމުގެ މައްސަލެއާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަލް ހުށަހަޅައިލިޔާ.
އެރަޓު ކައުންސިލާއި ދެކޮޑަލް އަމިއްލަ ފަރާތަކުން ހުށަހެޅީ މިމައްސަލައު ކޮވިޑް-19 އާ ގުޅީގެން މަސައްކަދާ ހުއްޓުނެ ވޭލޭ ކޯފައި ހުއްޓީ މަސައްކަދެ ކައުންސިލުން ބަލަންނަ ވެނެ ވަރާލް ނުބަލައި އޮތެކަމާ ފާހުކަ ކޯފައި އޮތެ. އަދި މަސައްކަދާ ހަވާލެވީ ކުންފުނިޔެން މަސައްކަދާ ކޮޅައު އެތާ ހަދަހައި ހުއްޓީ ފެންސު ބަލެ ދަނގަނޑެހޮޅި ބޭނުންކޯގެން ކަމާއި ފެންސު ޖަހައިފައި ހުއްޓީ ނަރެދެލައްކޫ ދަބަރެޖަހައި ގިނަ ދޮހާ ވެގޮހޯތެއި ދެލެކަމާއި އަދި ކޯފައި ހުއްޓީ ވެލްޑިންގައި އެކެހޮޅި އެނެއި ހޮޅިއާއި ނުގުޅީ ހުއްޓީކަމާސް ފާހުކަ ކޯފައި އޮތެ.
އަދި މިހެންމަސައްކަދާ ކޯފައި ޕޭމަންޓް ނަގަންނަ ހުށަހެޅީމައި ކައުންސިލުން އެތާ ކޮޅަ މަސައްކަދަކަލް ބެލުމެއި ނެތިއޭ މަސައްކަދު ފުރިހަމަ ޕޭމަންޓާ ދީލެކޯފައި އޮތެކަމަލް އެ މައްސަލާ އޮތެ.
މަސައްކަދާ ނިމުންތާލް މާގިނަ ދޮހާނުވެނިން އެތާ ޖަހައިފައި ހުއްޓީ ފެންސާސް އެކެ އައްދަރަލް އެލީގޮހޯ އޮތެކަމާ ފާހަގަވެއި. މުޅި މަސައްކަދާލް ސަރުކާރުން 4.5 މިލިއަން ރުފިޔާގެ ބަޖެޓެއި ހިމެނެނެވެލޭ، މިތާ ފެންސް ޖެހީ މަސައްކަދާއްކޫ ތެނަދޫ އަމިއްލަ ވިޔަފާރިވެރިޔަކުނާއި 8 ލައްކަ ރުފިޔާލް ބިޑް އުސޫލުން ހަވާލެ ކޮޅަ މަސައްކަދެއި.
މިހިދެ އެދަޑު ޓާފް އޮޑަންނަ ތައްޔާރެ ވެމުން އެޔަނެވޭލޭ އެ މަސައްކަދާއްކޫ އަމީން ކޮންސްޓްރަކްޝަން އާއި ހާވާލެ ކޯފައި އޮތެ މަަސައްކަދެއި. އެތާ ސަބް ބޭސް އޮޑަންނަ ހަވާލެ ކޯފައި ވެންނޫ އެމް ޓީ ސީ ސީ އާއި.