ތިނަދޫ ސިޓީގައި އިމާރަތްކުރަމުންދާ 200 ހައުސިންގ ޔުނިޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ތިނަދޫ ކައުންސިލުން ބުނީ ތިނަދޫ ސިޓީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ތިނަދޫ ސިޓީ ކައުންސިލާއި ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުގެ ދަށުން ތިނަދޫ ސިޓީގެ ރައްޔިތުންނަށާއި، ތިނަދޫ ސިޓީއަށް ހިޖުރަކުރަން ބޭނުންވާ އެހެނިހެން ދިވެހި ރައްޔިތުންނަށް ހާއްސަކޮށްގެން ތިނަދޫ ސިޓީގައި ސަރުކާރުން ޢިމާރާތްކުރަމުންދާ 200 ހައުސިންގ ޔުނިޓަށް އެދި ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.
ތިނަދޫ ކައުންސިލުން ބުނީ މި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު 29 ޖެނުއަރީ 2025 ވަނަ ދުވަހުގެ 13:00ން ފެށިގެން 30 އޭޕްރިލް 2025 ވާ (ބުދަ) ދުވަހުގެ 14:00ގެ ނިޔަލަށް ހުވާލާފައިވާކަމަށެވެ. ތިނަދޫ ސިޓީ ކައުންސިލްގެ ހައުސިންގ ޕޯޓަލް މެދުވެރިކޮށް ފްލެޓަށް އެދި ހުށަހެޅޭނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 03 ކެޓަގަރީއަކަށް ބަހާލައިގެން: