English Edition
Dhivehi Edition
ގެމަނަފުށިން ގެނައި ކޮވިޑް ޕޭޝަންޓު ތިނަދޫއަށް ބާލަނީ --- ގާފު ފޮޓޯ

ކަނޑުމަތީގައި ހާލު ދެރަވި މަސްވެރިއަކު އިތުރު ފަރުވާއަށް ގދ. ތިނަދޫއަށް ގެނެސްފިއެވެ.

އެމް.އެން.ޑީ.އެފް އިން މިއަދު ބުނީ ގދ. ހަވޮއްޑާ ކައިރީ މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގައި ހުރި ދިވެހި ފިރިހެނަކު ހާލު ދެރަވެގެން ސިއްހީ އަވަސް ފަރުވާއަށް އެމް.އެން.ޑީ.އެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު މިއަދު ތިނަދޫއަށް ގެންގޮސް ދީފައިވާ ކަމަށެވެ.

އެގޮތުން އެމީހާ ތިނަދޫއަށް ގެނެސް ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައި ވަނީ މިއަދު ހެނދުނު 06:50 ހާއިރު އެވެ.

ހާލު ދެރަވެގެން ތިނަދޫއަށް ގެނެސްފައިވަނީ އުމުރުން 54 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި މިހާރު އެމީހާގެ ހާލު ސްޓޭބަލް ވެފައިވާ ކަމަށް އޭ.އޯ ނިއުސް އަށް މައުލޫމާތު ލިބިފައިވެއެވެ.