English Edition
Dhivehi Edition
އައްޑޫ ސިޓީ ހަންކެޑެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ނާޖިހު (ޓްވިޓާ)

އައްޑޫ ސިޓީގެ ހަންކެޑެ, ސަރުކާރުގެ ރިއަލް އެސްޓޭޓް ޓޫރިޒަމް ތަރައްގީކުރާ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކުރައްވާ މިއަދު ނެރުއްވި ގަރާރުއިވާ ގޮތުން، އައްޑޫ ސިޓީގެ ހަންކެޑެ ގެ އިތުރުން ކ. ގާފަރުފަޅު ތަރައްގީ ކުރުމަށް ކުއްޔަށް ދީފައި ވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑަށެވެ. މިއީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ.

އިންޓަގްރޭޓަޑް ޓޫރިޒަމް މޮޑެލްގެ ދަށުން ހަންކެޑެ ތަރައްޤީކުރުމަށް ނިންމާފައިވާއިރު ގާފަރުފަޅު ތަރައްގީކުރަނީ ޕްރައިވެޓް އައިލެންޑް މޮޑެލްގެ ދަށުންނެވެ

ދިވެހިރާއްޖޭގެ ޓޫރިޒަމް ގާނޫނުގައިވާ ގޮތުން އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީކޮށް ހިންގާ ރަށް ނުވަތަ ފަޅު ނުވަތަ ބިން ހިމެނޭ ސަރަހައްދަކީ، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވޮލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގަން ކަނޑައަޅާފައިވާ ސަރަހައްދެއް ކަމުގައި ވާންޖެހެއެވެ. އަދި އެ ގާނޫނުގައިވާ ގޮތުން އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓް ތަރައްގީކޮށް ހިންގުމަށްޓަކައި އެރަށެއް، ބިމެއް ނުވަތަ ފަޅެއް، ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏަކަށް، ކުއްޔަށް ދިނުމަށް ރައީސްގެ ގަރާރަކުން ކަނޑައަޅާފައި އޮންނަންޖެހެއެވެ.