English Edition
Dhivehi Edition

ގއ. ނިލަންދޫ ހޮސްޕިޓަލުގެ އެމްބިއުލަންސް ޑްރައިވަރު އަޙްމަދު ހަމްދޫން އޭނާގެ އަނބިމީހާއާއި ފެނަކަ މެނޭޖަރާއި ދެމެދު ނަހަމަ ގުޅުން އޮންނަ ކަމަށް ބުނެ ސޯޝަލްމީޑިއާގައި އަނބިމީހާ ވަރިކުރިކަން ހާމަކޮށްފިއެވެ. ފޭސްބުކު ޕޯސްޓުގައި އޭނާވަނީ ފެނަކައިގައި ވަޒީފާ އަދާކުރަމުން އަންނަ އޭނާގެ އަނބިމީހާ ޢައިޝަތާއި ނިލަންދޫ ފެނަކަ މެނޭޖަރ ސިމާޒް ޢަލީ ގުޅުން ހިންގާކަމަށް ޢައިޝަތު އިޢުތިރާފު ވެފައިވާތީ އެކަމަށް އެއްބަސްވި ހިސާބުން ފެށިގެން އޭނާގެ ޙަލާލު އަންބެއް ނެތްކަމަށް ބުނެފައެވެ.

20 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަވެފައިވާ އެކައިވެނި ރޫޅާލިއިރު އެދެމަފިރިންނަށް 4 ދަރިންވެސް ލިބިފައިވެއެވެ. ހަމްދޫންގެ ޕޯސްޓުގައި އޭނާބުނީ އަނބިމީހާއާއި ސިމާޒް ގުޅުން ހިންގާތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.

 

އެރަށުން ވާހަކަ ދެއްކި މީހަކު މަޢުލޫމާތު ދިން ގޮތުގައި ޢައިޝަތު ވަރިކުރުމަށްފަހު ހަމްދޫން ވަނީ އޭނާ ގެއިންވެސް ނެރެލާފައެވެ. އެހެންނަމަވެސް ޢައިޝަތަކީ އެހެން ރަށެއްގެ މީހެއްކަމުން ދާނެ އިތުރު ތަނެއް އަދި ފެންނަންދެން އޭނާ ދިރިއުޅެނީ ހަމްދޫންގެ ގޭގައެވެ. މިޙާދިސާއަށްފަހު ޢައިޝަތު ވަނީ ފެނަކައިން ވަކިވާންވެސް ހުޅަހަޅާފައިކަމަށް އެރަށުން ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.

މިދިޔަ އެމްޑީޕީ ވެރިކަމުން ފެށިގެން ފެނަކަ މެނޭޖަރުކަން ކުރައްވަމުން އަންނަ ސިމާޒް ޢަލީ އަކީވެސް 24 އަހަރަށްވުރެ ގިނަ ދުވަސްވީ ކައިވެންޏެއް ގެ މަތީ މިހާރުވެސް ދެމި ހުންނެވި ބޭފުޅެކެވެ. މިމައްސަލައާއި ގުޅިގެން އޭއޯނިއުސްއިން ސިމާޒްއާއި ގުޅުމުން ވިދާޅުވީ އޭނާއާއި ގުޅޭގޮތުން ފެތުރޭ ވާހަކައަކީ އެއްވެސް ޙަގީގަތެއް އޮތް ވާހަކައެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ އެއީ އޭނާގެ އަގު ވައްޓާލުމުގެ ގޮތުން ބަޔަކު ފަތުރާ ދޮގު ވާހަކަތަކެއް ކަމަށެވެ.

5 ކޮމެންޓް
ތެދުވެރިޔާ
ޖެނުއަރީ 22, 2025
ތި ހަމްދޫނު އައިޝާއާއި އިދެގެން ހުރެ މީހެއްގެ އަންބަކާއި ހިތާވެގެން އެ އަންހެން މީހާ އޭނަގެ ފިރިމީހާގެ ކައިރިން ވަރިވެގެން މި ހަމްދޫނުއައި 2 އަންބަން އިން. މިހާރު އެ އަންހެންމީހާ ވަރިކޮށްކޮށް ތިންފަށް ވެއްޖެ. އައިޝަތު ވެސް ކޯޓަށް ގޮސް އަމިއްލައަށް ވަރިވީ. މިހާރު ދެ އަނބިން ކުރެ އަންބެއް ނެތީމަ މޮޔަގޮވަނީ .އައިޝަތު ކައިވެނި ރުޖޫއު ނުކުރީމަ. އަނެއް އަންހެން މީހާއައި އިދެވޭކަށްނެތް. 3ފަށް ވީމަ. އަނގަނުބާ ދޫނުބައި، އަނިޔާވެރި ސޮރެއް ތިހަމްދޫނުއަކީ .މީހުންގެ އަބުރުކަތިލާއިރު ނޫސްވެރިން ޒިންމާދާރުވާންޖެހޭ.
އަޅުގަނޑު
ޖެނުއަރީ 19, 2025
އެހެންވީމާ ޝިމާޒު ތިޔަ ބުނަނީ 4 ދަރިން ލިބިފައިވާ 20 އަހަރުވީ ކައިވެންޏެއް އަންހެނަކު އަމިއްލަ އިއުތިރާފުން ރޫޅާލުމުގެ ފަހަތުގައި ވަނީ ޝިމާޒުގެ އަގު ވައްޓާލުމޭ. މަށަށް ހީވަނީ މީހެއްގެ އަގު ވައްޓާލުމުގެ ގޮތުން ހަމަބުއްދި ހުރި މީހަކު އެޔަށް ވުރެ މޮޅަށް ތިކަން ކުރާނޭ.
ތެދުމަޢުލޫމާތު
ޖެނުއަރީ 19, 2025
ހަމްދޫން އޭނާގެ އަންހެނުނައް އަނިޔާ ކުރާތީ މީގެ 3 މަސް ކުރިންވެސް އަނބިމީހާ ވަނީ އަމިއްލައަށް ވަރިވެފައި, އަލުން ކައިވެނި ރުޖޫއަ ނުކުރުމުން އިނދެވަރި ކުރި މީހާ ފަލީހަތްކޮން ދޮގުވާހަކަތައް ފަތުރަމުން ދަނީ. ނުވިތާކަށް ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު ދިނުމާއި ގެެއިން ނެރި އެއްލާލާ ނުވިތާކަށް ގެވެށިއަނިޔާކޮއްފައިވާކަން ގއ. ނިލަންދޫ ދެކެވެމުންދޭ. އަދި މިދުވަސްކޮޅު ތެދުމަޢުލޫމާތު ނުހޯދައި މީޑިއާތަކުގައި ޙަބަރު ފަތުރަމުން ދާތީ މިކަން ވަރަށް ބޮޑަށް ކުއްވެރިކުރަމެވެ.
James 4078
ޖެނުއަރީ 18, 2025
Nasih akee meege kurinves Counsil ga ulhey kuhjjeh govaigjenroomehgga ulhefa ,,eforihenbkuhjjaa ves varifashah eri ehen namaves than kolheh nukulhedhey kuhjjeh veema nukerunee varikuran
ބުލްބުލް
ޖެނުއަރީ 18, 2025
އައިޝަތު އަމިއްލައަށް ފޯމު ލައިގެން މާ ކުރިން ވަނީ ވަރިވެފައި.