English Edition
Dhivehi Edition
ފުވައްމުލައް ސިޓީ ތުނޑި

ފުވައްމުލައް ސިޓީ ގައި މަސައްކަތް ކުރާ ބިދޭސީން ‘ހަރެހެރި’ ޕޯޓަލްގައި ރަޖިސްޓްރީ ކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުން އިލްތިމާޒްކޮށްފިއެވެ،

ބިދޭސީންގެ ދަފްތަރު އެކުލަވާލައި ބެލެހެއްޓުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ މަގްސަދުގައި ބިދޭސީންނަށް ޚާއްސަކޮށްގެން “ހަރަހެރި” ނަމުގައި ޕޯޓަލްއެއް ލޭބަރ އޮތޯރިޓީ އޮފް މޯލްޑިވްސް އިން ތައާރަފްކޮށްފައިވަނީ 15 މެއި 2019 ގައެވެ،

“ހަރަހެރި ޕޯޓަލް”އަކީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ރެޖިސްޓްރީއެއް ސަރުކާރުން ބެލެހެއްޓުމަށްޓަކައި ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލުން އަދި ސިޓީ ކައުންސިލުން ބިދޭސީން އެކުލަވާލާ ދަފްތަރު އެކުލަވާލައި ބެލެހެއްޓުމުގައި ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމުގެ މަގްސަދުގައި ތައާރަފް ކުރި ޕޯޓަލްއެކެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވަނީ ބިދޭސީންނާއި ހަވާލުވެފައިވާ މީހުން، އެ ބިދޭސީން ހަރަހެރި ޕޯޓަލްގައި ރިޖިސްޓްރީކުރުމަށް އެދިފައެވެ. އެގޮތުން ކުރިޔަށް އޮތް ޑިސެމްބަރު މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:00ގެ ކުރިން ފުވައްމުލައް ސިޓީ ކައުންސިލުގައި ރަޖިސްޓްރީ ވާން އެ ކައުންސިލުން ވަނީ އެދިފައެވެ.

އިތުރަށް ސިޓީ ކައުންސިލުން ބުނީ ޕާސްޕޯޓު ނެތުމާއި ވިސާނެތި މަސައްކަތް ކުރާ ބިދޭސީ ފަރާތްތަކުން ރަޖިސްޓްރީ ކުރަންޖެހެނީ އެމީހަކު ދިރިއުޅޭ ގެއެއްގެ ވެރިފަރާތުގެ ހަވާލުގައިކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ ކަނޑައެޅިފައިވާ މުއްދަތަށް ފަހު، ރަޖިސްޓްރީ ނުކުރާ ބިދޭސީން ލައްވާ މަސައްކަތް ކުރުވާ ފަރާތްތައް ޖޫރިމަނާކުރާނެކަމަށެވެ. އެގޮތުން ރަޖިސްޓްރީ ނުކުރާ ބިދޭސީން ލައްވާ މަސައްކަތް ކުރުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަނީ “ވަޒީފާ އަދާ ކުރުމަށް ދިވެހިރޭއްޖެއަށް ބިދޭސީން ގެނައުމުގެ ގަވައިދުގެ ދަށުން ކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ.