English Edition
Dhivehi Edition
އައްޑޫލިންކް ރޯޑު؛ ފޮޓޯ ޙަސަން ނަޖުމީ

އައްޑޫސިޓީ ލިންކު ރޯޑުގައި ރޭގަނޑު ނުދުވުމަށް އައްޑޫސިޓީ ޕޮލިހުން އިލްތިމާސް ކޮށްފިއެވެ.

ސައުތު ޕޮލިސް ޑިވިޝަން ކޮމާންޑަރު ޗީފްއިންސްޕެކްޓަރުއޮފް ޕޮލިސް އަލީ ޝަރީފް ވިދާޅުވީ އަލިކަމެއްނެތް މަގެއްގައި ދުވަނިކޮށް ދުއްވާ އެއްޗެއްގައިޖެހި ކޮންމެފަދަ ހާނިކައެއް ވެދާނެ ކަމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންކަމުން އެފަދަ ކަންކަމުން ރައްކާވެ ތިބުމަށްޓަކައި ލިންކުރޯޑުގައި ރޭގަނޑު ދުވުމުގެ ބަދަލުގައި ރައްކާތެރި ސަރަހައްދެއްގައި ދުވުމަށް ހަނދާން ކޮށްދެއްވާ ކަމަށް އޭނާ ވިދާޅުވިއެވެ. “އެއީ އެއްވެސް އަލިކަމެއް އޮންނަ މަގެއްނޫން. އެހެންކަމުން ތިމާއާއި އެހެން މީހުންގެ ރައްކަލަކަށް އެމަގުގައި ރޭގަނޑު ނުދުވުމަކީ ފުލުހުންގެ އެދުމެއް،” އަލީ ވިދާޅުވިއެވެ.

މިދުވަސްވަރު ދުވާމީހުން އިތުރުވެފައިވަނީ މިއަހަރު ޑިސެންބަރުމަހު އައްޑޫގައި ބާއްވާ އިންޓަރނޭޝަނަލް މެރެތަންއަށް ތައްޔާރުވުމަށެވެ. އެމެރެތަންއަށް ތައްޔާރުވާން ދުވާކަމަށްވާނަމަ ދުވާލު ދުވެވިދާނެއެވެ. ރޭގަނޑު ދުވިޔަސް ލިންކުރޯޑު ފިޔަވައި ރައްކާތެރި އެހެންދިމާއެއްގައި ދުވިދާނެ ކަމަށްވެސް އައްޑޫ ސިޓީ ޕޮލިހުން ވިދާޅުވިއެވެ.

ދުޅަހެޔޮކަންމަތީ މީހުން ތިބުމަށް ދުވުމާއި ކަސްރަތުކުރުމަކީ އައްޑޫސިޓީ ޕޮލިހުން ވަރަށް ހިތްވަރު ދެއްވާ ކަމެއްކަމަށްވެސް އެތަނުން ވިދާޅުވިއެވެ.

3 ކޮމެންޓް
Go green
އޮކްޓޯބަރު 7, 2017
Dhuvvun tha noony dhuvuntha?
މާލިމީ
އޮކްޓޯބަރު 6, 2017
ރައްކާތެރި ތަނެއްގައި ދުއްވަން އިލްތިމާސް ކުރުމަށްވުރެން މާރަނގަޅު ގޭގައި އޮތިއްޔާ. ދުވާމީހުން މެންދުރު ދުވަންވީތޯ؟
މަރިޔަމް
އޮކްޓޯބަރު 6, 2017
ދުވާނީ ދުވަން ނިންމާފަ އޮންނަ ރޫޓްގަ ނުން