English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދު ޕްލޭނިންގ މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމެނެންޓް ސެކެރެޓަރީ ޒީނިއާ އަހުމަދު ހަމީދެވެ.

ޕްލޭނިންގ މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި، މި ޕްރޮޖެކްޓްގެ ދަށުން ހިތަދޫގެ ހުޅަނގުފަރާތުން 570 މީޓަރގެ ސަރަހައްދެއްގައި ޖިއޯޓިއުބް ރިވެޓްމެންޓް ޖެހުމަށްވަނީ ވަނީ ހަމަޖެހިފައެވެ، އަދި އަދި 15×50 މީޓަރުގެ ސަރަހައްދެއް ފުންކޮށް މޫދަށް އެރޭ ސަރަހައްދެއް ތަރައްގީ ކުރުމާއެކު 100 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓާއެއް ގާއިމް ކުރާނެއެވެ.

މި މަޝްރޫއުގެ އަގަކީ 11 މިލިއަން ރުފިޔާއެވެ.

ހިތަދޫގެ އިތުރުން މިއަދު އިތުރު ދެ ރަށެށްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ވަނީ ހަވާލުކޮށްފައެވެ. މި ގޮތުން ބ. ކެންދޫ އާއި ދަރަވަންދޫ ގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށްވަނީ ޖުމްލަ 61 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ.