English Edition
Dhivehi Edition

ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި އެންމެ ކުރިއަރާފައިވާ 100 ކުންފުނި ފާހަގަކޮށް ދެވޭ “ގޯލްޑް 100” އެވޯޑް މިއަހަރު ވެސް އޭސް ޓްރެވެލްސް މޯލްޑިވްސް އަދި އޭސް އޭވިއޭޝަން ސާވިސެސް މޯލްޑިވްސް އަށް ލިބިއްޖެ އެވެ.

މި އެވޯޑް އޭސް ޓްރެވެލްސް މޯލްޑިވްސް އަދި އޭސް އޭވިއޭޝަން ސާވިސެސް މޯލްޑިވްސް އާއި ހަވާލު ކޮށްދެއްވާފައިވަނީ “ގޯލްޑް 100 ގާލާ” ގެ ނަމުގައި ކޯޕަރޭޓް މޯލްޑިވްސް އިން އިންތިޒާމްކޮށް ކްރޮސް ރޯޑްސް މޯލްޑިވްސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގަ އެވެ. އޭސް ޓްރެވެލްސްގެ ފަރާތުން ކޯޕަރޭޓް މޯލްޑިވްސް އިން ދޭ ގޯލްޑް 100 އެވޯޑް އާއި ހަވާލުވީ އެ ކުންފުނީގެ މޭނޭޖިން ޑައިރެކްޓަރު މުހައްމަދު ފިރާގް އެވެ.

އެވޯޑާއި ހަވާލުވެ ފިރާގް ވިދާޅުވީ އެ ކުންފުނީގެ ފަރާތުން އެވޯޑް ބަލައިގަންނަނީ ވަރަށް ފަހުރުވެރިކަމާއެކު ކަމަށެވެ. އަދި އެއީ އެ ކުންފުނިން އާންމުންނަށް ކުރާ ހިދުމަތުގެ ކާމިޔާބީ ރަމްޒުކޮށްދޭ ހެއްކެއް ގޮތުގައި ފިރާގް ސިފަކުރެއްވި އެވެ.

އޭސް ޓްރެވެލްސް މޯލްޑިވްސްގެ ކަންޓްރީ މެނޭޖަރު ރޯޝަން މަޑުރަވަލާ ވިދާޅުވީ ގޯލްޑް 100 އެވޯޑްގެ ޝަރަފާއެކު މުޅި އެކުންފުޏަށް ބޮޑު އުފާވެރިކަމެއް ލިބިގެންދިޔަ ކަމަށެވެ. އޭގެން ދައްކުވައިދެނީ އާންމުން އެ ކުންފުނީގެ އުސޫލުތަކާއި މަސައްކަތްތައް ބަލައިގަތުން ކަމަށް އޭނާ ވިދާޅުވި އެވެރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝަރަފުވެރިކޮށްދެއްވި އެ ހަފްލާގައި މިނިސްޓަރުންނާއި، ހައިކޮމިޝަނަރުންނާއި، އަދި ސަރުކާރުގެ އިސް އޮފިޝަލުންވެސް ބައިވެރިވި އެވެ.

އޭސް ޓްރެވެލްސް މޯލްޑިވްސް އަކީ ރާއްޖޭގައި ކުރިއަރާފައިވާ ޓްރެވެލް އެޖެންޓެކެވެ. ޓުއަރިޒަމް އާއި ހޮސްޕިޓޭލިޓީ ދާއިރާގައި ކުންފުނިތަކާއި ވަކި ވަކި ފަރުދުންނަށް ބޭނުންވާ ހުރިހާ އިންބައުންޑް އަދި އައުޓްބައުންޑް ހިދުމަތްތައް ތަޖުރިބާކާރު ޓީމަކާއެކު އޭސް ޓްރެވެލްސް މޯލްޑިވްސް އިން ދަނީ ދެމުންނެވެ. 2020 ވަނަ އަހަރު ރާއްޖޭގެ އެންމެ ކުރިއަރާފައިވާ 100 ކުންފުނީގެ ތެރޭގައި އެ ކުންފުނި ފާހަގަކޮށްފައިވެއެވެ. އުފެދުނު ދުވަހުން ފެށިގެންވެސް އޭސް ޓްރެވެލްސް މޯލްޑިވްސް އިން އަންނަނީ ދަތުރުފަތުރު ދާއިރާގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ރާއްޖެއާއި ދުނިޔޭގެ މާކެޓްގައި ފުޅާކޮށް ކުރިއަރަމުންނެވެ.

އޭސް އޭވިއޭޝަން ސާވިސެސް މޯލްޑިވްސް އަކީ ސްރިލަންކަން އެއާލައިންސް އަށް ކެޓާކުރާ ޖެނަރަލް ސޭލްސް އޭޖެންޓް އެވެ. އެ އެއާލައިންގެ އޮޕަރޭޝަންތައް ރާއްޖޭގައި ހިންގަނީ އޭސް އޭވިއޭޝަން ސާވިސެސް މޯލްޑިވްސް އިންނެވެ. އެގޮތުން މާލޭގެ އިތުރުން އައްޑޫއަށް ވެސް ހިދުމަތް ފުޅާކޮށް ބްރާންޗެއް ގާއިމްކޮށްފައިވެއެވެ.
އަގު ހެޔޮ ފެއާ ތަކަކާއެކު ގިނަ މަންޒިލް ތަކަކަށް އައްޑޫން ދަތުރު ކުރެވޭ ގޮތަށް ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް އަންނަ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުން އަންނަ އިރު ސްރީލަންކަން އެއާލައިންގެ ރާއްޖޭގެ ސޭލްސް އެޖެންޓް “އޭސް އޭވިއޭޝަން “ގެ ދަށުން ހިންގާ ޕެސެންޖަރ ސޭލްސް އެޖެންޓް “އޭސް ޓްރެވެލް” ގެ އޮފީހެއްވެސް އައްޑޫ ސިޓީގައި ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.